ޗައްތީޝްގަރު، އިންްޑިއާ (ޑިސެމްބަރު 4) - އިންޑިއާއާ ދެކޮޅަަށް ދެކުނު އެފްރިކާ އިން ކުޅޭ ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ސީރީސްގެ ދެ ވަނަ މެޗުން ރެކޯޑް މޮޅެއް ހޯދައިފި އެެވެ.
އޯޑީއައި ތިން މެޗުގެ މި ސީރީސްގެ ފުރަތަމަ މެޗުން އިންޑިއާ އިން ވަނީ 17 ލަނޑުން މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި، ދެކުނު އެފްރިކާ މޮޅުވީ ހަަތަރު ވިކެޓުންނެވެ. މި މެޗުގައި، ދެކުނު އެފްރިކާ އިން ވަނީ، ޖަވާބުގައި ކުޅެން އަރައި، އޯޑީއައި ކްރިކެޓްގައި އެންމެ ފަރަގު ބޮޑު ނަތީޖާ އަނބުރާލުމުގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. އެއީ، 359 ލަނޑު ހަދައިގެންނެވެ.
ޝަހީދު ވީރުނާރާޔަން ސިންގް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިންޑިއާ އަށް ޓޮސް ނާކާމިޔާބުވިއިރު، މިއީ، އެ ޓީމަށް ޖެހިޖެހިގެން ޓޮސް ނާކާމިޔާބުވި 20 ވަނަ ފަހަރެވެ. ދެކުނު އެފްރިކާ އަށް ޓޮސް ދިމާވުމުން އެ ޓީމުން ނިންމީ ހޮވާށެވެ.
އިންޑިއާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ، 358 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، 83 ބޯޅައިން 105 ލަނޑު ހެދި ރުތުރާޖު ގެއިކްވާޑް އާއި 93 ބޯޅައިން 103 ލަނޑު ހެދި ވިރާތު ކޯލީ އެވެ. ވިރާތު މި ވަނީ ޖެހިޖެހިގެން ދެ މެޗުން ސެންޗަރީ ހަދައިފަ އެވެ. މިއީ، އޯޑީއައި ފޯމެޓްގައި އޭނާގެ 53 ވަނަ ސެންޗަރީ އެވެ.
ޖަވާބުގައި ކުޅެން އަރައި، ދެކުނު އެފްރިކާ އިން ނަތީޖާ އަނބުރާލީ، 49.2 އޯވަރުގެ ތެރޭގައި، ހަ ކުޅުންތެރިން ނުބައިވިއިރު، 362 ލަނޑު ހަދައިގެންނެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 98 ބޯޅައިން 110 ލަނޑު ހެދި އެއިޑަން މަަކްރަމް އެވެ.
ދެކުނު އެފްރިކާއާ އެކު ކުޅޭ އޯޑީއައި ސީރީސްގެ ފަހު މެޗު އޮންނާނީ ހޮނިހިރު ދުވަހު އެވެ. ދެކުނު އެފްރިކާއާ ކުޅެގެން ޓެސްޓް ސީރީސްގައި ބަލިވި، އިންޑިއާ އިން އޯޑީއައި ސީރީސް ނިންމާލުމަށް ފަހު، ދެން އޮންނާނީ ފަސް މެޗު ކުޅޭ ޓީ20 ސީރީސް އެވެ.
ދެ ވަަނަ މެޗުގައި އިންޑިއާ އަތުން ދެކުނު އެފްރިކާ އަށް ރެކޯޑް މޮޅެއް ދެ ވަަނަ މެޗުގައި އިންޑިއާ އަތުން ދެކުނު އެފްރިކާ އަށް ރެކޯޑް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ