އައްޑޫ ސިޓީ މަރަދޫ ހުޅަނގުން 28 މޭލު ބޭރުގައި ދޮށީގެ މަސްވެރިކަމަށް ހާއްސަ ކަނދުފައްޗެއް އަޅައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ މި ކަނދުފަތި އެޅުމުން އެ ސަރަޙައްދުގެ މަސްވެރިންނަށް އެކަމުގެ މަންފާ ލިބިގެންދާނޭ ކަމަށެވެ. ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އައްޑޫ ސިޓީ މަރަދޫ ބޭރުގައި އެޅި މި ކަނދުފަތީގެ ނަންބަރަކީ R08D03 އެވެ. އަދި ލޮކޭޝަނަކީ 0°41.100’N،
42.400 72°’E އެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މިއަދު ވަނީ ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައިވެސް ކަނދުފައްޗެއް އަޅާފައެވެ.
ވަދު ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ކުރަމުންދާނެކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީ މަރަދޫ ބޭރުގައި ދޮށީގެ މަސްވެރިކަމަށް ކަނދުފައްޗެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ