ކުށްކުރާ އެއްވެސް ގޭންގެއް ރާއްޖޭގައި މިހާރު ހަރަކާތްތެރިނުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވިތާ ދެ ދުވަސް ފާއިތުނުވަނީސް، ގޭންގު ހަދައިގެން މާރާމާރީ ހިންގި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު ފުލުހުން ހައްޔަރު ކުރީ ޝަމާހު މޫސާ ދީދީ އާއި ހުސެއިން ނަވީން އެވެ. އެ ދެ މީހުން މިހާރު ވަނީ ހަތް ދުވަހަށް ބަންދު ކުރަން އަމުރުކޮށްފަ އެވެ.
ޝަމާހު އާއި ނަވީން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ދެ މީހުން ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ހާދިސާގެ ފޮޓޯ ވެސް ލިބިފައިވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
އެ ދެ މީހުުން ހައްޔަރު ކުރީ ދެ ގްރޫޕެއްގެ މެދުގައި މާރާމާރީ ހިންގަން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ފުލުހުންނަށް ލިބިގެންނެވެ. އެ ދެ މީހުން މަގުމަތިން ހުއްޓުވައި ބަލައި ފާސް ކުރިއިރު، ދެ މީހުންގެ އަތުން ދެ ކަޓަރު ފެނިފައިވެ އެވެ.
އެ ދެ މީހުންގެ ތެރެއިން ނަވީން ބުނެފައި ވަނީ އޭނާ ގެންގުޅުނު ކަޓަރަކީ މީހެއްގެ "ގަޔަށް ޖަހަން" ގެންގުޅުނު އެއްޗެއް ކަމަށެވެ. ނަމަވެސް ކޯޓުގައި އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
ރާއްޖޭގައި މިހާރު އެއްވެސް ގޭންގެއް ހަރަކާތްތެރިނުވާ ކަމަށް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ޖަލްސާއެއްގަ އެވެ.
"އަޅުގަނޑު އިހަށް ދުވަހު އަހާލައިފިން ހޯމް މިނިސްޓަރު ކައިރީގައި ކޮބާ މިހާރު ކިތައް ގޭންގު ކަނޑައެޅިއްޖެ ހެއްޔޭ، ހޯމް މިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީ ވިދާޅުވިޔޭ ނެތޭ އަދި ތިޔަ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް،" މުއިއްޒު ވިދާޅުވި އެވެ.
ގޭންގެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިތާ ދެ ދުވަސް ނުވަނީސް ގޭންގު ހަދައިގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި ގޭންގެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިތާ ދެ ދުވަސް ނުވަނީސް ގޭންގު ހަދައިގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ