އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާ އެންމެފަހުން ހިޔާލު ތަފާތުވުމަކަށްގޮސް ނިންމާލައިފިއެވެ.
އެމްޑީޕީން މިރޭ އެޕާޓީގެ ޤައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވާފައިމިވަނީ ޕާޓީގެ ވަގުތީ ޗެއާޕާސަނަކު ހޮވުމަށްޓަކައެވެ. އެ މަގާމަށް މެމްބަރަކު އިންތިހާބުކުރަން ޖެހުނީ ޗެއާޕާސަންކަމުގެ މަފާމުގައި ހުރި ފައްޔާޒް އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޤައުމީ މަޖިލީހުގެ ޖަލްސާގައި ޗެއާޕާސަންކަމުގެ މަގާމަށް މެމްބަރަކު އައްޔަނުކުރުމުގެ ކަންތައް ކުރިއަށްދިޔައިރު، އެމަގާމަށް ނަން ހުށަހަޅާފައިވަނީ، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދާއި، މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމްގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.
މި ބައްދަލުވުމުގައި 95 މެމްބަރަކު ހާޒިރިވިއިރު، އަބްދުﷲ ވަހީދުގެ ނަމަށް ވޯޓަށް އެހުމުން އޭނާއަށް ލިބުނީ 47 ވޯޓެވެ. ގަވާއިދު އޮންނަ ގޮތުން ޗެއާޕާސަންކަމަށް އަންނަން 48 ވޯޓު ބޭނުންވެއެވެ. އެންމެފަހުން ދެ ހުރި ނަންތަކަށް ވޯޓަށް އަހަން ތައްޔާރުވިއިރު، އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ގިނަ އަދަދެއްގެ މެމްބަރުން ވަނީ ޤައުމީ މަޖިލީހުގެ ޖަލްސާއިން ނިކުމެގެން ގޮސްފައެވެ.
ޤައުމީ މަޖިލީހުގެ ޖަލްސާއެއް ދެން ބާއްވާނެ ތާރީހެއް އެމްޑީޕީން ކަނޑައަޅާފައިނުވާއިރު، މިރޭގެ ބައްދަލުވުން ކުރިއަށްދިޔައީ މީޑިއާތަކަށް ސިއްރުންނެވެ.
އެމްޑީޕީގެ ޗެއާޕާސަނަކަށް ވަހީދު ނުހޮވުނު، ޤައުމީ މަޖިލީހުގެ ޖަލްސާވެސް ޖެހުނީ ހުއްޓާލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ