ބީއެމްއެލް، ވީޗެޓް ޕޭ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ޑިޖިޓަލް އިކޯ ސިސްޓަމް ވަރުގަދަ ކުރަނީ

ރާއްޖޭގެ ޑިޖިޓަލް އިކޯ ސިސްޓަމް ވަރުގަދަ ކުރުމަށް ބޭންކު އޮފް މޯލްޑިވްސް އިން ވިޒިޓް މޯލްޑިވްސް އަދި ވޭސިން ޕޭ (ވީވެޓް ޕޭ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން މިއަދު ބުނީ ވީޗެޓް ޕޭ އަދި ވިޒިޓް މޯލްޑިވްސްއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކުރީ ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް
ހައްލުތައް ހަރުދަނާކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެހީތެރިވުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ.
ތަފްސީލް - މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް
މަސައްކަތް ކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެގޮތުން
ރާއްޖެ މާކެޓު ކުރުމާއި ފަތުރުވެރިންގެ އެންގޭޖްމެންޓް އިތުރުކުރުމަށް މަސައްކަތް ކުރާނެ
ޑިޖިޓަލް ހަރަކާތްތައް އިތުރުކުރާނެ
ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރާނެ
ހާއްސަކޮށް ޗައިނާގެ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ
ހަމަ މިއާ އެކު، މި އެއްބަސްވުމުގެ ދަށުން ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ
މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސް ފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން
ލުއިފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުރި ފުރުސަތުތައް ބީއެމްއެލްއާއި ވޭސިން ޕޭ ގުޅިގެން އިތުރަށް މުރާޖައާ ކުރާނެ ކަމަށް ބޭންކުން ބުންޏެވެ.
ބީއެމްއެލް އާއި  ވޭސިން ޕޭ
ގުޅިގެން ވަނީ ވޭސިންގ ޕޭ އެކޯސިސްޓަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް
ބާއްވާފައި
މި ސެޝަނުގައި ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ
ޗައިނާގެ ފަތުރުވެރިން، ވޭސިން ޕޭ ބޭނުންކޮށްގެން މުދަލާއި ހިދުމަތަށް
ފަސޭހަކަމާއެކު ޑިޖިޓަލް ޕޭމަންޓް ހެދޭނެ ގޮތްތަކާއި އެ ހިދުމަތްތައް
ބޭނުންކޮށްގެން ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭ
ގޮތުން  ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ
ރިސޯޓުތަކުގެ މަންދޫބުންނަށް މައުލޫމާތު ދީ އެކަމާ ގުޅޭ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ވޭސިން ޕޭ އަދި ވިޒިޓް މޯލްޑިވްސް އާ ގުޅިގެން ފަތުރުވެރިންނާއި ވިޔަފާރިތަކަށް
ފައިސާދެއްކޭނެ އީޖާދީ އަދި ރައްކާތެރި ގޮތްތައް ހަމަޖެހިގެން އުފަލެއް ކަމަށެވެ.
"ބަޔޯމެޓްރިކް ބޭނުންކޮށްގެން ފައިސާދެއްކޭ ފަދަ
ޓެކްނޮލަޖީތަކާ އެކު ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ތަޖުރިބާ
އިތުރަށް ފުރިހަމަވެގެންދާނެ. މީގެ ސަބަބުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަ
ފަތުރުވެރިންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެ ފަތުރުވެރިންގެ
އުންމީދުތައް ހަގީގަތަކަށް ހަދައި ފަތުރުވެރިކަން ކުރިއެރުމަށް އެހީތެރިވެދޭނެ."
އެނގުން މުހިއްމު - ބީއެމްއެލް އިން އެމެރިކަން
އެކްސްޕްރެސް، ވީސާ، މާސްޓަކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް
އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް
ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ
މުއާމަލާތްތައް ޕްރޮސެސް ކުރެ އެވެ.
މީގެ އިތުރުން
މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް
އެޕް ބޭނުންކޮށްގެން މާޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދޭ
ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސާ މުއާމަލާތްތައް
ހަރުދަނާކަމާއެކު މޮނިޓާކުރޭ
 އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި
މެނޭޖްކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ