ޕީއެންސީގެ މަޖިލިސް މެންބަރުން ގުޅުމުން ފޮނު ނަގަން ވަޒީރުންނާއި އެސްއޯއީތަކުގެ ވެރިންނަށް ރައީސް އަންގަވައިފި

ޕީއެންސީގެ މަޖިލިސް މެންބަރުން ގުޅުމުން ފޯނަށް ޖަވާބު ދޭން ވަޒީރުންނާއި ސަރުކާރު ކުންފުނިތައް ނުވަތަ އެސްއީ ތަކުގެ ވެރިންނަށް ރައީސް މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ވީ ކިހިނެއް؟ - މީގެ ތިން ދުވަހެއް ކުރިން ރައީސް މުއިއްޒު މިގޮތަށް އެންގެވީ ޕީއެންސީގެ މެންބަރުންގެ ކޯލްތަކަށާއި މެސެޖްތަކަށް ބައެއް ވަޒީރުންނާއި އެސްއޯއީތަކުގެ ވެރިން ޖަވާބު ނުދެއްވާތީ އެކަމުގެ ކަންބޮޑުވުންތައް އެ މެންބަރުން ފާޅު ކުރެއްވުމުންނެވެ. މިކަން ޕީއެންސީގެ ތިން މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދެ އެވެ.
ތަފްސީލު -  'ދައުރު'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ވަޒީރުންނާއި އެސްއޯއީތަކުގެ ބައެއް ވެރިން ޕީއެންސީގެ މަޖިލިސް މެންބަރުން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ބައެއް މެންބަރުން ނުރުހިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ އެވެ. 
މިކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ރައީސް މުއިއްޒު ވަނީ:
އެމަނިކުފާނު އެޑްމިންކަން ކުރައްވައި ޕީއެންސީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް މެސެޖެއް ފޮނުއްވާފައި 
އެ މެސެޖްގައި އޮތީ، ރައީސްގެ އެ އެންގުން ވަޒީރުންނަށާއި އެސްއޯއީތަކުގެ ވެރިންނަށް އެމަނިކުފާނު އެންގެވި ކަމަށް 
"ބައެއް މެންބަރުން މި ގުޅަނީ އަމިއްލަ ކަންތައްތަކުގައި. ބައެއް މެންބަރުން މި ގުޅަނީ، ދާއިރާގެ ރައްޔިތުންގެ ވަޒީފާގެ ކަންތައްތަކުގައި ނޫނީ ދާއިރާގެ މަޝްރޫއޫތަކާ ގުޅޭ ގޮތުން. ރައްޔިތުންގެ ޝަކުވާ މި ކުރަނީ މެންބަރުންގެ އަރިހުގައި. އެ ޝަކުވާތައް ގެންދެވޭނެ ގޮތެއް ނެތް ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ މީހުން [ވެރިން] ފޯނު ނުނަގާތީ،" މިކަމުގެ މައުލޫމާތު އެނގޭ ޕީއެންސީގެ މަސްދަރަކުން 'ދައުރު'އަށް ބުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ