އެމްޑީޕީން ފެށި ގިރާވަޅުފަޅާއި ގުޅީފަޅުގެ މަސައްކަތް ނުނިންމާ ރަސްމާލެ ހިއްކަން ފެށުމަކީ މި ސަރުކާރުން ހެދި ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ނިޔާޒް ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން ޖެހޭނެ ކަމަށާއި އެހެންނަމަވެސް ސަރުކާރުން ދައުރުގެ މެދުތެރެއިން ދަރަނި ބޮލުގައި އެޅިފައިވާކަމަށް ބުނަމުން ގެންދާކަމަށެވެ. ނިޔާޒް ވިދާޅުވީ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އިންތިގާލީ މަރުހަލާއެއްވެސް ލިބުނު ކަމަށާއި އަދި އެ ހާލަތުގައިވެސް ދަރަނި މެނޭޖްކުރަން ފެހި ސިގްނަލް ލިބިވަޑައިގެން ހުންނެވި ކަމަށް އޭރު ސަރުކާރުން ބުނި ކަމަށެވެ.
ދެ އަހަރު ބައި ވެގެން ދިޔައިރު، މި ސަރުކާރަށް އެއްވެސް އެހީއެއްވެސް ލިބިފައިނުވާ ކަމަށް ފާޙަގަކުރައްވާ ނިޔާޒް ވިދާޅުވީ އެކަން އެހެން ނުވަނީ ސަރުކާރުގެ ހިންގުމުގެ ސިޔާސަތު ކޮންމެވެސް ހިސާބަކުން ގޯސްވުމުން ކަމަށެވެ. ކޮވިޑުގެ ހާލަތުގައި އެމްޑީޕީންވެސް ދަރަނި ނެގި ކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށްވެސް ކަމެއް ގަބޫލުކުރެވޭނީ ދަރަނި މެނޭޖުކުރާނެ ރަނގަޅު ގޮތްތަކެއް ޕްލޭން ކުރެވިފައި ހުރުމުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ކަންކަން ކުރާއިރު ބަޖެޓު ނުހޯދާ މިދިޔަ ސަރުކާރުގައި އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އޭގެ މާނައަކީ ސީދާ އަތަށް ފައިސާ ލިބިފައިވާ ވާހަކަ ނޫން ކަމަށާއި، އެހެންނަމަވެސް އެފައިސާ ހޯދާނެ ގޮތުގެ ޕްލޭނެއް އޭރު އެކުލަވައިލައިފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
”ދެން ތި ވިދާޅުވަނީ ކަނޑުންނާއި ފަޅުންނާއި ދިން ވާހަކަ. ރަސްމާލެއަށް އަޅުގަނޑު އޮންނާނެ ގޯއްޗަކަށް ލާފަ. އަޅުގަނޑަކަށް އަދި އެތަން ހިއްކާފައި އޮތް ތަނެއް ނުފެނޭ. ދެން އެއީ ކޮންހަލަ ތަނެއް. އަޅުގަނޑުމެންވެސް ވަގުތު ނަގާނެ. އަޅުގަނޑުމެން އޭރު ހިއްކަމުން ދިޔަ ސްޕީޑަށް ބަލާއިރު އަޅުގަނޑުމެން ނިންމީ ދެވޭ ހިސާބަށް އަންނަ އިރު ތަންތަން އޮންނާނީ ހިކިފައޭ“
ނިޔާޒް ވިދާޅުވީ މި ސަރުކާރުން ފުރަތަމަ ހުރިހާ މަޝްރުއެއް ހުއްޓާލައިފައި، ހުރިހާ ލާރިއަކާއި ހުރިހާ ވަގުތަކާއި ފައިސާއެއް ދުއްވާލީ ރަސްމާލެ ހިއްކަން ކަމަށެވެ. ނިޔާޒް ވިދާޅުވީ އެއީ ގޯހެއް ކަމަށާއި، ކުރީގެ ސަރަުކާރަކުން ގިރާވަރު ފަޅާއި ގުޅީފަޅު ހިއްކޭނެ ގޮތް ހޯދާ، ފައިސާ ލިބޭނެ މަގެއްވެސް ނުވަތަ ޕްލޭންވެސް ހަދާފައި އޮތް އިރު އިތުރު މަޝްރޫއެއް ފަށައިގެން ނުވާނެ ކަމަށެވެ.
ނިޔާޒް ވިދާޅުވީ ރައްޔިތުންގެ ޑިމާންޑު ބޯހިޔާވަހިކަމަށް އޮތް ނަމަވެސް ކުރިން އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއުތައް ނިންމުމަށްފަހު އިތުރު މަޝްރޫއުއެއް ފެށުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އެމްޑީޕީން ފެށި ގިރާވަރުފަޅު އަދި ގުޅީފަޅު ނުހިއްކާ ރަސްމާލެ މަޝްރޫއު ފެށުމަކީ ގޯހެއް: ނިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ