ޗައިނާ އަދިވެސް މާކެޓުގައި އެއްވަނައިގައި، އެއް މަހުން 24،021 ފަތުރުވެރިންގެ އިތުރުވުމެއް

މިދިޔަ އަހަރުގެ ޓޮޕް މާކެޓު ކަމަށްވާ ޗައިނާ އަދިވެސް މާކެޓުގައި ދެމިއޮތްއިރު، މަހެއް ތެރޭ 24،021 ފަތުރުވެރިންގެ އިތުރުވުމެއް އެ މާކެޓަށް އައިސްފިއެވެ. ޗައިނާއިން މާކެޓުގެ އެއްވަަނަ 2023ގައި ކަށަވަރުކުރީ، އިންޑިއާ ފަހަތަށް ޖައްސާލުމަށް ފަހުގައެވެ. މިހާރު އެ ދެ ގައުމުގެ ދެމެދުގައި، 105،274 ފަތުރުވެރިންގެ ތަފާތު އެބަ އޮތެވެ. އެކަމަކު، ޗައިނާ ވައްޓާލުމަށް ފަހު މިއަހަރުގެ ކުރީކޮޅު މާކެޓުގެ އެއްވަނަ ރަޝިއާއިން ހޯދިއެވެ. އެކަމަކު، އަލުން ޗައިނާއިން ވަނީ މަގާމު ދިފާއުކޮށްފައެވެ. އެންމެ ފަހުން އިއްޔެ ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިދިޔަ މެއި މަހަށް ވުރެ އިތުރަށް ޗައިނާއިން ފަތުރުވެރިން އައިސްފައިވެއެވެ. މިގޮތުން، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އެ ގައުމުން އެކަނި 167،938 ފަތުރުވެރިން އައެވެ. ކުޑަކުއްޖަކު ވީއައިއޭގައި --- ސަން ފައިލް ފޮޓޯ އޭގެ ކުރިން މެއި މަހުގައި އައީ، 143،917 ފަތުރުވެރިންނެވެ. އެހެންވެ، މަހެއް ތެރޭ ޗައިނާގެ މާކެޓަށް މި ވަނީ 24،021 ފަތުރުވެރިންގެ އިތުރުވުމެއް އައިސްފައެވެ. މާކެޓުގައި ދެން ހުރި ގައުމުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުގެ ޖާގަތައް އޮތީ މެއި މަހު ކަށަވަރުކޮށްފައިވާ ގައުމުތަކުން ވަނީ ދިފާއުކޮށްފައެވެ. އެގޮތުން، ރަޝިއާއިން 149،406 ފަތުރުވެރިން އައިސްފައިވާއިރު، އިނގިރޭސިވިލާތުން ވަނީ 86،332 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ހަތަރު ވަނައިގައި އޮތް އިޓަލީން އައީ 73،812 ފަތުރުވެރިންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ މިހާތަނަށް އައީ ޖުމުލަ 1،063،074 ފަތުރުވެރިންނެވެ. އެއީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، ފަސް އިންސައްތައިގެ ދަށްވުމެކެވެ. އޭގެއިތުރަށް، ދުވާލަކަށް މިހާރު ރާއްޖެ ޒިޔާރަތްކުރަނީ 5،906 ފަތުރުވެރިންނެވެ. މި ސަރުކާރުގެ އަމާޒަކީ، މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ