ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމުގެ 4 ވަނަ ބުރު ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ދީފިއެވެ.
މި ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ފަރާތަކުން ބައިވެރިވެފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.
ޒުވާން ހަތީބުން ތަމްރީނުކުރުމުގެ މަގުސަދަކީ ރާއްޖޭގެ ރަށްތަކުގައި ހުތުބާ ކިޔާނެ އިމާމުން ލިބުމުގައި އޮތް ދަތިކަން ފިލުވުމާއި ކުރިއަށް އޮތް އިސްލާމީ ގަރުނުގައި ރާއްޖޭގައި އިސްލާމީ ޝިއާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުން ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ޒުވާން ހަތީބުންނާއި އިމާމުންނާއި ހާފިޒުންނަށް ހާއްސަ މަހާސިންތާއެއް ބޭއްވުމަށް މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަހާސިންތާ ބޭއްވުމަށް ތައްޔާރުވަމުންދަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުވާ މުނާސަބަތާ ގުޅިގެންކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މި މަހާސިންތާގެ ޝަރަފްވެރި މެހްމާނަކަށް މައްކާގެ ހަރަމްފުޅުގެ އިމާމު ޑރ. ޔާސިރް އައްދައުސަރީއަށް ވަނީ ދައުވަތު ދީފައެވެ.
މިނިސްޓްރީގެ އަމާޒަކީ 1000 ޒުވާން ހަތީބުން ބިނާކުރުމާއި 500 ހާފިޒުން އުފެއްދުމެވެ. ޒުވާން ހަތީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވެއެވެ.
އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ވިދާޅުވީ، ޒުވާން ހަތީބުންގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 600 އަށް ވުރެ ގިނަ ޒުވާނުން ސަނަދު ހޯދާފައިވާކަމަށެވެ. އަދި ރާއްޖޭގެ ހާފިޒުންގެ އަދަދު މިހާރު 310 އަކަށް އަރާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ފެށި މި މަޝްރޫއަކީ، ޒުވާނުންގެ މެދުގައި ދީނީ ކަންކަމަށް ޝައުގުވެރިކަން އުފައްދައި، މިސްކިތްތަކުގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫއަކީ ރާއްޖޭގައި އިސްލާމީ ދައުވަތު ފެތުރުމުގެ މަސައްކަތަށް ޒުވާނުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބި، ދީނީ ރޫހެއް އާލާވެގެން ގޮސްފައިވާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ.
ޒުވާން ހަތީބުން ތަމްރީންކުރުމުގެ ޕްރޮގްރާމުގެ 4 ވަނަ ބުރި ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ