ނިކޯބާ އައިލެންސްއަށް މިރޭ ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށާ ނަމަވެސް އެ ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރެއް ނުކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
ނިކޯބާ އައިލެންޑްސްއަށް ބިންހެލުން އައީ 6.2 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ. ބިންހެލުން އައީ ރާއްޖެ ގަޑިން މިރޭ 11:41 ގަ އެވެ.
ބިން ހެލުން އައީ މާލެއާ 2215 ކިލޯ މީޓަރުގެ ދުރު ސަރަހައްދަކަށެވެ.
މެޓް އޮފީހުން ބުނީ މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަަމަށެވެ. ނަމަވެސް ބައެއް މީހުން ވަނީ މިރޭ އެ ވަގުތު މާލެއަށް ބިންހެލުމުގެ އަސަރު އިހްސާސް ކުރެވުނު ކަމަށް ބުނެފަ އެވެ.
ނަމަވެސް މެޓް އޮފީހުން އެކަން ދޮގު ކުރެ އެވެ.
ބިން ހެލުން އައި ސަރަހައްދަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.
ނިކޯބާ އައިލެންސްއަށް ބާރުގަދަ ބިންހެލުމެއް؛ ރާއްޖެއަށް އަސަރެއް ނުކުރާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ