ވަރަށް ގިނަ ފިހާރަތަކުން ފިޔާ ހުސްވެ، މުޅި މާލެއިން ވަރަށް ބޮޑަށް ފިޔާ މަދުވެއްޖެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ފިޔަލުގެ ދަތިކަން ކުރިމަތިވީ، އިންޑިއާއިން ރާއްޖެ ދަތުރު ކުރާ ލަކުޑި ބޯޓުތައް ދަތުރު ކުރުން ހުއްޓާލުމުންނެވެ. ޖުލައި މަހުގެ ވިއްސާރަގަނޑު ތެރޭ އެހެން ނޫނަސް ލަކުޑި ބޯޓުތައް ދަތުރެއް ނުކުރެ އެވެ.
މާލޭގައި ހިންގާ ބޮޑެތި ވަރަށް ގިނަ މާޓުތަކުން ހުރީ ފިޔާ ހުސްވެފަ އެވެ. އަދި ފިޔާ އިމްޕޯޓު ކުރާ ބައެއް ތަންތަނުގައި ވެސް މިވަގުތު ފިޔައެއް ނެތެވެ. ގިނަ ކުދި ފިހާރަތަކުގައި އެއްގޮތަކަށް ވެސް ފިޔާ ނެތް ކަން މި ނޫހަށް އެނގިފައިވެ އެވެ.
ފިޔާ މަދުވުމުން އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މިހާރު ފިޔާ ކިލޯއެއް ލިބެނީ އެވްރެޖުކޮށް 25 ރުފިޔާއަށެވެ. މީގެ ކުރިން ފިޔާ ކިލޯއެއް ވިއްކީ 15 ރުފިޔާއަށެވެ.
އެސްޓީއޯއިން ވެސް ފިޔާ ވިއްކަ އެވެ. އެކަމަކު އެސްޓީއޯއިން ފިޔާ ގެންނަނީ ފިޔަލުގެ ޝޯޓެއް ކުރިމަތިވުމުންނެވެ. އޭގެ އިތުރުން އެސްޓީއޯއިން ފިޔާ ގެންނަނީ ރޯދަ މަހަށެވެ.
އެކަމަކު، މި ނޫހަށް އެނގިފައިވާ ގޮތުގައި މާލޭ ވިޔަފާރި ބަނދަރުގައި މިވަގުތު ވެސް ދެ ޝިޕްމެންޓު ފިޔާ އެބަ ހުއްޓެވެ. މޫސުން ތަންދޭ ނަމަ މިރޭ ތަކެތި ބޭލޭނެ ކަމަށް ބެލެވެ އެވެ.
މާލެއިން ވަރަށް ބޮޑަށް ފިޔާ މަދުވެއްޖެ މާލެއިން ވަރަށް ބޮޑަށް ފިޔާ މަދުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ