މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މައްސަލަ ނުބަލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދުވަހަކުވެސް ނާންގާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ”ރިލްވާންގެ މައްސަލަ ނުބަލަން ރައީސް ޔާމީން، އުމަރު ނަސީރަށް އެންގި“ މި ސުރުހީގެ ދަށުން ރާއްޖެ އެމްވީގައި ޝާއިރުކުރި ހަބަރަކަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ. އުމަރު ހާމަކުރެެއްވިގޮތުގައި އެ މައްސަލަ ނުބެލުމަށް ނުވަތަ ހުއްޓާލުމަށް ރައީސް ޔާމީން ދުވަހަކުވެސް އޭނާ ގާތު ވިދާޅެއް ނުވެއެވެ.
”މިއީ ކަޑައެޅިގެން ’އޯވަރވެލްމް‘ ގެ މާނަ އޮޅޭ ގޮތަށް ލިޔެފައިވާ ހަބަރެއް.“ އުމަރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ކެބިނެޓް ވައިބަރ ގްރޫޕުގެ ސްކްރީން ޝޮޓެއްކަމަށް ބުނެ ރާއްޖެ އެމްވީގެ ހަބަރުގައި ހިމަނާފައިވާ ފޮޓޯއިން އެނގޭގޮތުގައި އޭރުގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވަނީ ނޫސްވެރިޔާ ރިޟްވާނު ގެއްލުވާލި މައްސަލަ އދ. ގެ ކަމާބެހޭ އިދާރާތަކަށް ހިއްސާ ކުރައްވާފައެވެ. އަދި ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަން ދުންޔާ ފާހަަގަކުރައްވާފައިވެއެވެ. އެ ފޮޓޯގައިވާގޮތުން ރިޟްވާނުގެ މައްސަލައަކީ އެންމެ ހާއްސަކަމެއް ދީގެން ފުލުހުން ބަލަމުން ގެންދާ މައްސަލަކަމަށް އުމަރު ނަސީރުވެސް ވިދާޅުވެފައިވެއެވެ. އަދި އޭނާ ހޯދުމަށް އެމްއެންޑީއެފުންވެސް މަސައްކަތް ކުރަމުން އަންނަކަމަށް އުމަރު ވިދާޅުވެފައިވެއެވެ.
އާންމުގޮތެއްގައި ވަޒީރުން ރައީސަކަށް ހުންނަވާ ބޭފުޅަކަށް އެގޮތަށް އަންގަވާ އެންގެވުމަކީ ރައީސްގެ އިރުޝާދުގެ ދަށުން ވަޒީރުންނާ ހަވާލު ކުރައްވާ ކަންކަކަމެވެ. އަދި ފެންނަ ފޮޓޯއިން ތަހުގީގު ކުރިޔަށް ނުގެންދިޔުމަށް ނުވަތަ ރިޟްވާން ހޯދުމަށް ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާލުމަށް ރައީސް ޔާމީން އަންގަވާފައެއް ނުވެއެވެ.
ރިޟްވާނުގެ މައްސަލަ ނުބަލަން ރައީސް ޔާމީން ދުވަހަކުވެސް ނާންގާ: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ