އީސިމްއަށް ބަދަލުކުރުމުގެ ސަލާމަތީ ކަންކަން އުރީދޫން ވަރުގަދަކޮށްފި

އީސިމްގައި ހިމެނޭ ސަލާމަތީ ކަންކަން އުރީދޫން ވަރުގަދަކޮށްފި އެވެ.
ތަފްސީލް - އުރީދޫން އެޅި އާ ފިޔަވަޅުތަކަކީ:
އައިޑެންޓިޓީ ވެރިފިކޭޝަން ހަރުދަނާ ކުރުން 
އޯޓީޕީ ވެރިފިކޭޝަނާ އެކު، އާ ޕްރޮސެސްގައި ކަސްޓަމަރުގެ އައިޑީ ޑޮކިއުމެންޓާ އެކު ފޭޝަލް ރިކޮގްނިޝަން ހިމަނައި އޮތެންޓިކޭޝަންގެ މުހިއްމު ދެވަނަ ފަށަލައެއް 
މިކަމުގެ ސަބަބުން އީސިމް ސްވޮޕެއް ފަށަން ނުވަތަ ނިންމަން މަސައްކަތްކުރާއިރު އަސްލު މީހާގެ ފޮޓޮއެއް ވަގުތުން ފޮނުވަން ޖެހޭނެ
އެޑްވާންސްޑް އޯސީއާރު އަދި ފޭސް އައިޑީ ހިމެނުން
ރިއަލް ޓައިމް ފޭސް އައިޑީ ވެރިފިކޭޝަނާ އެކު ކަސްޓަމަރުގެ އައިޑީ ކާޑުގެ ފޮޓޯއެއް އަޕްލޯޑް ކުރަން ޖެހޭނެ
ރޯލްބެކް ފީޗާ
ފްރޯޑް ކޭސްއެއްގައި އަވަސް ހިދުމަތެއް ދިނުމުގެ މުހިންމު ކަމަށްޓަކައި މިހާރު އުރީދޫން ރޯލްބެކް އެސްއެމްއެސް ފީޗާއެއް ވަނީ ތައާރަފްކޮށްފައި 
އީސިމް ސްވޮޕެއް ފައިނަލް ކުރުމުގެ ކުރިން، ސިމް ނަގާފައިވާ ފަރާތަށް ރޯލްބެކް ލިންކެއް ހިމެނޭ އެސްއެމްއެސްއެއް ލިބޭނެ؛  މި ލިންކު މަސައްކަތް ކުރާނީ 72 ގަޑިއިރަށް
މިކަމުގެ ސަބަބުން އޮޅުވާލައިގެން ހިންގާ ކަމަށް ޝައްކުކުރެވޭ ނަމަ ކަސްޓަމަރުންނަށް އެ ބަދަލު އަވަހަށް އަނބުރާ ގެންދިއުމުގެ ފުރުސަތު ފަހިވެ، ކަސްޓަމަރަށް ލިބޭ ގެއްލުން ކުޑަވެ، ރިއަލް ޓައިމްގައި ކޮންޓްރޯލް އަލުން އިއާދަކުރެވޭނެ
އެލާޓްތައް ދިވެހި ބަހާއި އިނގިރޭސި ބަހުން ވަގުތުން
އީސިމްއަށް ބަދަލުކުރުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް އެސްއެމްއެސް އާއި އީމެއިލް ނޮޓިފިކޭޝަން މިހާރު ދިވެހި ބަހާއި އިނގިރޭސި ބަހުން ފޮނުވާނެ 
ބުނީ ކީކޭ؟ - މިކަމުގެ ސަބަބުން ސިމް ބަދަލުކުރާއިރު ކުރިއަށް ވުރެ ރައްކާތެރިކަން ކަށަވަރުވެގެން ދާނެ ކަމަށް އުރީދޫން ބުންޏެވެ.
އަލަށް އެޅި ފިޔަވަޅުތަކުގެ ބޭނުމަކީ އަމިއްލަ ސިމް ނޫން އެހެން ސިމެއް، މީހަކަށް އޮޅުވާލައިގެން ނުވަތަ ވަގަށް ނެގޭނެ މަގުތައް ބަންދުކޮށް ޑިޖިޓަލް މާހައުލުގައި ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަން ހޯދައިދިނުންކަން އެ ކުންފުނިން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ