ނިދަން އެންމެ ފައިދާހުރި ގޮތަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރަމުން ނިދުމެވެ. ދެއްވަވާ ނިޢުމަތްތަކަސް ޝުކުރުވެރިވެ ނިޢުމަތާއި ރަޙްމަތް އިތުރުކޮށް ދެއްވެވުން އެދި ދުޢާކުރުމަށްފަހު ނިދުމެވެ. އެހެންވެ މިގެނެސްދެނީ ނިދުމުގެ ކުރިން ކޮންމެ ރެއަކުވެސް ކުރަން ފައިދާހުރި ދުޢާއެކެވެ.
ޔާ ﷲ! އިނބަ ﷲ އީ އިސްވެވޮޑިގެންވާ އަދި ނިމުމެއްނެތި ދެމވޮޑިގެންވާ އަދި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އިނބަ ﷲ ގެ ޙަޟްރަތުން މެނުވީ މިއަޅާ އެއްވެސް ކަމަކަށް ވާގިނުއެދެމެވެ. އިނބަ ﷲ އީ މިއަޅާގެ ހުރިހާ ބޭނުންތަކެއް ދެނެވޮޑިގެންވާ އަދި ފުއްދަވައި ދެއްވަވާ ރަސްކަލާނގެއެވެ.
ޔާ ﷲ! މިއަޅާއަށް ކުރިމަތިވާ ކޮންމެ ކަމަކާއި ގުޅިގެން ދަންނަވަނީ އިނބަ ﷲ ގެ ޙަޟްރަތަށެވެ. ވާގިއެދެނީވެސް ހަމައެކަނި އިނބަ ﷲ ގެ ޙަޟްރަތުންނެވެ. ހިތާމައިގެ ޙާލަތުގައިވެސްމެއެވެ. ކަންބޮޑުވާންޖެހޭ ކޮންމެ ޙާލަތެއްގައިވެސްމެއެވެ.
ޔާ ﷲ! ބަލިވެއްޖެނަމަ މިއަޅާ ޝިފާއަށް އެދިދަންނަވަނީ އިނބަ ﷲ ގެ ޙަޟްރަތުގައެވެ. އެކަނިވެރިކަން އިޙްޞާޞްކުރެވޭ ކޮންމެ ހިނދަކު ބައިވެރިއަކު ދެކި ހިތްހަމަޖެހުން ލިބިގަންނަނީވެސް އިނބަ ﷲ ގެ ޙަޟްރަތުންނެވެ.
ޔާ ﷲ! މިއަޅާއަށް ހެޔޮ އެދޭ އެއްވެސް މީހަކު ހުރިކަން މިއަޅާއަށް ޔަޤީނެއް ނޫނެވެ. ނަމަވެސް މިއަޅާއަށް އިނބަ ﷲ ގެ ރަޙްމަތް އަބަދުވެސް އަންނަނީ ލިބެމުންނެވެ. ޔާ ﷲ! މިއަޅާއަށް ކުރިމަތިވެފައިވާ ހުރިހާ ދަތިއުނދަގޫތަކުންނާއި ހިތްދަތިކަމުންނާއި ކަންބޮޑުވުންތަކުން ސަލާމަތްކޮށްދެއްވަވާނދޭވެ! މިއަދަށްވުރެ މާދަމާ އުފާވެރިކޮށްދެއްވަވާނދޭވެ! އިނބަ ﷲ ގެ ޜަހްމަތުގައި މިއަޅާ އަބަދުގެ އަބަދަށް ލަހައްޓަވާނދޭވެ!
މިމޭރުމުން ދުޢާކޮށްގެން ނިދާ މީހަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވައި ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ތަނަވަސްކަމާއި އުފާވެރިކަންވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އެކުވެރިންނަށްވެސް ޝެއާކޮށްލައްވާ!: ނިދުމުގެ ކުރިން ކޮންމެ ރެއަކުވެސް ކުރަން ފައިދާހުރި ދުޢާއެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ