މާފަރުގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ނ. މާފަރުގައި ގާއިމުކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.މާފަރު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާފަރުގައި މިކަމަށްޓަކއި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.މި ރަސްމިއްޔާތުގައި މާފަރު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ. އަރިހުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން ބައިވެރިވެ ވަޑައިގެންނެވި އެވެ.އެ މަރުކަޒުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ އެމްޓީސީސީ އިންނެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔަޑް ޑީސީޕީ އަހުމަދު ސައުދީ އާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ