މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ރާއްޖެއަށް ތައާރަފު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި އެވެ.
މީރާގެ 15 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާފަދަ، އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ރާއްޖެއަށް ވެސް ތައާރަފު ކުރުމުން، ޓެކްސް ދައްކާ ފަރާތްތައް މީރާގެ ސިސްޓަމްތަކާ ގުޅުވާލާނެ ކަމަށެވެ.
"އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ރާއްޖެއަށް ވެސް ތައާރަފްކޮށް، ޓެކްސް ދައްކާ ފަރާތްތަކާ މީރާގެ ސިސްޓަމްތައް ގުޅުވާލައި، ޓެކުހާ ގުޅޭ އިލްތިޒާމުތައް އަދާކުރުން އިތުރަށް ފަސޭހަކޮށްދިނުމަކީ މި ރޯޑް މެޕްގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއް،" އޭނާ ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ ޓެކްނޮލޮޖީގެ އެހީގައި މީރާގެ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާ ކުރުމަށާއި މީރާގެ ހިދުމަތްތައް ފަސޭހަކޮށްިދނުމަށް މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑް މެޕެއް އެކުލަވާލައި، އޭގައިވާ ކަންކަން ހާސިލުކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.
މީގެއިތުރުން މީރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، މީރާގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ޓެކުހާ ގުޅޭ އިލްތިޒާމުތައް އަދާކުރުން އިތުރަށް ފަސޭހަކޮށްދީ، ޓެކްސް ކޮމްޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެއް ކަމަށް ޒަރީރު ވިދާޅުވި އެވެ.
ޒަރީރު އިތުރަށް ވިދާޅުވީ މީރާއަކީ ޓެކްސް ދައްކާ ފަރާތްތަކުގެ އިތުރުބާރު ލިބިފައިވާ، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެންމެ ރަނގަޅަށް ހިނގަމުންދާ އެއް މުއައްސަސާގެ ގޮތުގައި އާންމުން ބަލައިގަންނަ މުއައްސަސާއެއް ކަމުގައި ވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މިގޮތުން މީރާގެ ހިދުމަތްތަކަކީ އިތުބާރު ކުރެވޭ އޮންލައިން ހިދުމަތެއްގެ ގޮތުގައި ޓެކްސް ދައްކާ ފަރާތްތަކުން ބަލައިގަނެފައިވުމަކީ ޓެކްސް ދައްކާ ފަރާތްތަކަށާއި މީރާއަށް ލިބޭ ބޮޑު ފަސޭހައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ ޓެކްސް ބަޔާން ހުށަހަޅާ ފައިސާ ދެއްކުމަކީ މީރާއަށް ގޮސް ކިއުގައި ޖެހިގެން ކުރާ ކަމެއްގެ ބަދަލުގައި ޓެކްސް ދައްކާ ފަރާތްތަކުގެ އޮފީހުގައި ނުވަތަ ގޭގައި ތިބެގެން ކުރާ ކަމަކަށް މިހާރު ބަދަލުވެފައިވާ ކަމަށެވެ.
މިގޮތުން މީރާއަށް ބަލައިގަންނަ ޓެކްސް ބަޔާންތަކުގެ 97 ޕަސަންޓު އަދި ފައިސާގެ 99 ޕަސަންޓު މިހާރު ލިބެނީ އޮންލައިންކޮށްކަން އޭނާ ފާހަގަކުރެއްވި އެވެ. މީރާއަކީ ދައުލަތުގެ އާމްދަނީގެ 82.5 ޕަސަންޓު ބަލައިގަންނަމުންދާ މުއައްސަސާ އެވެ.
މީރާއިން އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ރާއްޖެއަށް ތައާރަފު ކުރަނީ މީރާއިން އިލެކްޓްރޯނިކް އިންވޮއިސިން ސިސްޓަމެއް ރާއްޖެއަށް ތައާރަފު ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ