ގާނޫނު ހެދުމަށް ގާނޫނީ މާހިރު ރާޣިބު، ހުޅުމާލެެ މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރަނީ!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ހުޅުމާލެ މެދު ދާއިރާގެ މަޖިލިސް ގޮނޑިއަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ރާޣިބް އަހުމަދު ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.
ކ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަން ކުރެއްވި ރާޣިބަކީ ޕީޕީއެމްގެ ލީގަލް ޓީމުގެ މެންބަރެއްގެ އިތުރުން އިދިކޮޅުގެ މުޒާހަރާތަކުގައި ހައްޔަރުވި އެތައް ސަތޭކަ އާންމުންގެ ވަކީލުކަން އެއްވެސް އަގަކާނުލާ ކުރެއްވި ބޭފުޅެކެވެ.
މީގެ އިތުރުން އޭނާ ފާހަގަވެފައިވަނީ ރައީސް ޔާމީން ޖަލުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކު އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ސަރުކާރަށް އެކިވަރުގެ ޕްރެޝަރ ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ރާޣިބު ވަނީ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިނުގައިވެސް ޢަމަލީގޮތުން މަސައްކަތް ކުރެއްވައި، އެމަނިކުފާނަށް ގިނަ ވޯޓުތަކެއް ހޯއްދަވައިދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ