ގައުމީ ވޮލީބޯޅަ ލީގުގައި ހުރާ ކޮމިއުނިޓީ ކްލަބް އަތުން ބަލިވެ، ލީގު ކާމިޔާބުކުރުމުގެ އަމިއްލަ ބާރު، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީ އަށް ގެއްލިއްޖެ އެވެ.
އެސޯސިއޭޝަން ކަޕްގެ ފައިނަލުން ބަލިވެ، އެ މުބާރާތުގެ ތަށި ދިފާއުކުރަން ކުރި މަސައްކަތް ނާކާމިޔާބުވި، އެޗްޑީސީން މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވީ 3-1 ސެޓުންނެވެ. އަދި، ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުން ހުރާ އަތުން ވެސް ބަލިވީ 3-1 ސެޓުންނެވެ.
ރޭ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ، 25-19، 22-25، 25-22 އަދި 25-21 އިންނެވެ. މުހައްމަދު ނަދީމް (ނަދީމްބެ)ގެ ކޯޗުކަމުގައި ކުޅޭ ހުރާ އިން އަންނަނީ މެޗަަކަށް ފަހު މެޗެއް ކުޅުން ރަނގަޅު ކުރަމުންނެވެ.
އެއާއެކު، މި ވަގުތަށް ބަލާއިރު، ގައުމީ ވޮލީ ލީގުގައި، އެޗްޑީސީ މި ވަގުތު އޮތީ ލީގު ތާވަލުގެ އެންމެ ފުލުގަ އެވެ.
މީގެ އިތުރުން، އިއްޔެ ހަވީރު ދިވެހި ސިފައިންގެ ކްލަބުން ވަނީ ޕޮލިސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 18-25، 22-25 އަދި 14-25 އިންނެވެ.
މި މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބުން ކުޅުނު ދެ މެޗު ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ހުރާގެ މައްޗަށް ކުރިހޯދައިފަ އެވެ.
ގައުމީ ވޮލީ ލީގުގެ އެއް ވަނައިގައި ސިފައިން އޮތީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ހުރާ އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ދަޑިމަގަށާއި، ހަތަރުވަނައިގައި އޮތް ޕޮލިހަށް ވެސް ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ.
ގައުމީ ވޮލީބޯޅަ ލީގު: ހުރާ އަތުން ބަލިވެ، އެޗްޑީސީ އަށް އަމިއްލަ ބާރު ގެއްލިއްޖެ ގައުމީ ވޮލީބޯޅަ ލީގު: ހުރާ އަތުން ބަލިވެ، އެޗްޑީސީ އަށް އަމިއްލަ ބާރު ގެއްލިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ