ފަސް އަހަރުތެރޭ 260 އަށްވުރެ ގިނަ މީހުން ގޮތްނޭނގޭ ގޮތަށް މަރުވެއްޖެ: މެމްބަރު ޝިޔާމް

މިދައުރުގައި 260 އަށްވުރެ ގިނަ މީހުން ގޮތް ނޭނގޭ ގޮތައް މަރުވެއްޖެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް ބޭނުންކުރައްވާ ކެމްޕޭން ސްލޯގަން "އަމާން ރާއްޖެ"އަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ޝިޔާމް ވިދާޅުވީ މީގެ ކުރިން އަޑުއަހަނީ ގޭންގް މާރާމާރީތަކުގައި މީހުން މަރާ ވާހަކަ ކަމަށާއި މިހާރު އަޑުއިވެނީ މީހުންގެ ގުވަންތައް ބުރިކޮށްލުމަށްފަހު އެއްލާލާފައި ތިބޭ އަޑު ކަމަށެވެ.
މެމްބަރުވަނީ ބޮޑެތި ކުށްތައް ކޮށްގެން ޖަލަށް ލީ ހުރިހާ ކުށްވެރިން ސަރުކާރުން ދޫކޮށްލައި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ޝާމިލުވާ އެންމެންނަށް ދައުވާނުކޮށް އެމީހުން ދޫކޮށްލައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ފާޑުވިދާޅުވެފައެވެ.
ރަސްކަމުން ފެށިގެން ދިވެހިރާއްޖޭގައި ދަރަނި އުފެދެމުން އުފެދެމުން އައިސް 2018ވަނަ އަހަރާއި ހިސާބަށް އުފެދިފައި ހުރި ދަރަންޏަށްވުރެ މި ދައުރުގައި އެކަނި ފަސް އަހަރު ތެރޭގައި އުފެއްދި ދަރަނި އެތައް ގުނައެއް ގިނަކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ރައީސް ސާލިހް ރިޔާސީ އިންތިހާބަށް ނިކުންނައިރު ވެރިކަން ފެށުނުއިރު ތިބި ކޯލިޝަންގެ ބައިވެރިން އަރިހުގައި ނެތް ކަމަށާއި ސަރުކާރުގެ ހުރިހާ ވަސީލްތައް ބޭނުންކޮށް އަދި އިންޑިއާގެ އެހީއާއިއެކު ވެސް ރައީސް ސާލިހަށް ރިޔާސީ އިންތިހާބުގައި ލިބެނީ 70،000 ވޯޓު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ