އިމްރާން ހާންއަށް 5 އަހަރު ދުވަހަށް އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭނެ އައްޑޫ ސިޓީގެ ބިން ހިއްކާ ސަރަހައްދަށް ވެލި އަޅާ ނިންމާލައިފި ވާދޫ ފެނަކަ އޮފީހާއި ފަރެސްމާތޮޑާ އައު މަރުކަޒީ އިންޖީނުގެ ރަސްމީކޮށް ހުޅުވައިފި ރާއްޖޭގައި ޕްރޮސްތެޓިކް އަދި އޯތޮޓި

އަރަބި ކުލަބް ޗެމްޕިއަންސް ކަޕް، ރަސްމީ ނަމުންނަމަ ކިންގް ސަލްމާން ކަޕުގެ ސެމީ ފައިނަލުގައި މިރޭ ސައުދީ އަރަބިއާގެ އަލް ނަޞްރާއި އިރާޤުގެ ލީގު ޗެމްޕިއަނުން ކަމުގައިވާ އަލް ޝޯޓާ އެފްސީ މިރޭ ބައްދަލުކުރާނެއެވެ.
އަރަބި ދެ ބައްރަކުން 37 ކުލަބު ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލަށް މިރޭ އަލް ނަޞްރު އަދި އަލް ޝޯޓާ އެފްސީ ނުކުންނައިރު، މި ދެޓީމުގެ ތެރެއިން އަލް ނަޞްރު ސެމީއަށް ދަތުރުކުރީ ކުއާޓާގައި މިސްރުގެ ރާޖާ ކަސަބްލެންކާ އާއި ވާދަކޮށް 1-3 އިން މޮޅުވެގެންނެވެ. އަދި އިރާޤުގެ އަލް ޝޯޓާ އެފްސީ މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ ކުއާޓާގައި ގަތަރުގެ އަލް ސައްދު 2-4 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ.
އަރަބިކް ކުލަބް ޗެމްޕިއަންސް ކަޕް ނުވަތަ ކިންގް ސަލްމާން ކަޕް އަކީ އަރަބި ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި ކުލަބް ފުޓްބޯޅަ މުބާރާތެވެ. މިއީ ކޮންމެ އަހަރަކު ވެސް އަރަބި ގަުމުތަކުގެ ލީގުތަކުގެ ޓޮޕް ކުލަބުތަކުގެ މެދުގައި ކުޅެމުން އަންނަ މުބާރާތެކެވެ. މި މުބާރާތަށް ކުލަބުތައް ކޮލިފައިވަނީ ޕްރިމިލިނަރީ ކޮލިފައިން ބުރެއް ކުޅެގެންނެވެ.
މި މުބާރާތް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ދެ ކުލަބަކީ އިރާޤުގެ ކުލަބް އަލް ރަޝީދުއާއި ޓިއުނީސިއާގެ އެސްޕެރަންސް ޑި ޓިއުނީސިއާއެވެ. މީގެ ކޮންމެ ކުލަބަކުން ވެސް ވަނީ މި މުބާރާތް ތިންފަހަރު ކާމިޔާބު ކޮށްފައެވެ. މިފަހަރުގެ މުބާރާތަށް އަލް ރަޝީދު ކޮލިފައި ނުވިއިރު، އެސްޕެރަންސް ޑި ޓިއުނީސިއާ ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މިސްރުގެ ކުލަބް ރާޖާ ކަސަބްލެންކާއެވެ. ނަމަވެސް މި ޓިމު ވަނީ މިފަހަރުގެ މުބާރާތުގެ ކުއާޓާއިން އަލް ނަޞްރުއަތުން ބަލިވެގެން ކަޓާފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7.5 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމު ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
އަލް ނަޞްރު އަދި އަލް ޝޯޓާ އެފްސީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 8:00 ގައެވެ. އަސި މި މުބާރާތުގެ ސެމީގެ ދެވަނަ މެޗު ވެސް މިރޭ ކުޅޭއިރު، އަލް ހިލާލް އަދި އަލް ޝަބާބް ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ 11:00 ގައެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ