ގިނަ މާރާމާރީތަކެއްގެ ތުހުމަތުކުރެވޭ 'ނުރައްކާތެރި' މަފާޒް ކޯޓުން ދޫކޮށްލައިފި

މާލޭގައި ކުރިން ހިންގި ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ބޮޮލަށް ހަމަލާދީ މަރާލި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލުމަށް ފަހު އެ ދައުވާ ސާބިތުނުވުމުން ދޫކޮށްލާފައި ހުއްޓާ މާރާމާރީ ހިންގަން އުޅެނިކޮށް މިދިޔަ މަހު ހައްޔަރުކޮށް ދައުވާކުރަން ފޮނުވާފައިވާ މުހައްމަދު މަފާޒު ހުސެއިން ސަލީމް، ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ ޖުލައި 2017ގައި ނަދީމް މަރާލީ، ސައިކަލުތަކެއްގައި އައި ބައެއްގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ޓާމިނަލް ކެފޭ ތެރެއަށް ވަދެ، އޭނާގެ ބޮލަށް ވަޅިން ހަމަލާ ދީގެންނެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާކުރި ފަސް މީހުންގެ ތެރެއިން މަފާޒްގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވުމުން 14 ނޮވެމްބަރު 2022ގައި އޭނާ ވަނީ ދޫކޮށްލާފަ އެވެ. 
އިތުރަށް ކިޔާލަން - ނަދީމް މަރާލި މައްސަލަ މަފާޒުގެ މައްޗަށް ސާބިތެއް ނުވި
އޭނާ ދޫކޮށްލި ފަހުން:
އޭގެ ފަސް މަސްދުވަސް ފަހުން ވަނީ، އިތުރު މާރާމާރީއެއް ހިންގައި ފުލުހެއްގެ ގައިގާ ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި؛ އެ މައްސަލައާ ގުޅިގެން ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި
އޭގެ ފަހުން، މިދިޔަ މަހުގެ 3 ވަނަ ދުވަހު، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު ބަޔަކު ހުއްޓުވައި ހައްޔަރުކުރި މީހުންގެ ތެރޭގައި މަފާޒް ވެސް ހިމެނޭ
ތަފްސީލް - އޭނާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކޮށްދީފައި ވާއިރު، އެންމެ ފަހުން ބަންދު މުރާޖާ ކުރަން އޮތީ އިއްޔެ އެވެ.
ފުލުހުން މިއަދު 'ދައުރު'އަށް ބުނީ، ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މާރާމާރީއާ ގުޅޭ ދެ މައްސަލާގައި ވެސް ދައުވާކުރަން މިދިޔަ މަހުގެ 13 ވަނަ ދުވަހު ވަނީ ފޮނުވާފަ އެވެ. އޭނާގެ މައްޗަށް ކުރަނީ:
މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުން
ގާނޫނު ތަންފީޒުކުރާ މީހެއްގެ މަސައްކަތަށް ހުރަސް އެޅުން
ގައިގައި އަތްލުމުގެ ދެ ދައުވާ
މުދަލަށް ގެއްލުން ދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ