ރައީސްގެ އެމެރިކާ ދަތުރުގެ ހަރަދު ހާމަނުކުރާން ސުޕްރީމް ކޯޓަށް

ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަ ކުރުމަށް، އިންފޮމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ވީ ކިހިނެއް؟- ރައީސް އެމެރިކާގެ ނިއުޔޯކަށް ދަތުރުކުރެއްވީ، 2021 ވަނަ އަހަރު އެވެ. އެ މަނިކުފާނާއެކު ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ވަޑައިގެންނެވި އެ ދަތުރުފުޅުގައި ހަރަދުތައް ވަރަށް ބޮޑުވެގެން ދިޔަ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނެވެ.
އަދި އޭގެ ފަހުން، އެ ދަތުރުފުޅުގެ ހަރަދުތައް ހިމެނޭ ރިސީޓްތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އިރު، އެ އެންގުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ރައީސްގެ ނިއުޔޯކް ދަތުރުފުޅުގެ ރަޝީދުތައް ހޯދުމަށް ހުށަހެޅި މައްސަލައިގައި ހައި ކޯޓުން ނިންމި އެ ނިންމުން، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެނގުން މުހިއްމު- ރައީސް އެމެރިކާއަށް ވަޑައިގެންނެވީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށެވެ. އޭރު އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ