ދުރާލާ ވިސާ ނެގުމަކާ ނުލައި ޓޯގޯއަށް ދެވޭ ގޮތް ހަދައިފި

ދުރާލާ ވިސާ ނެގުމަކާ ނުލާ ދިވެހިންނަށް ޓޯގޯ އަށް ދަތުރު ކުރެވޭނެ ގޮތް ހެދުމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީއިން މައުލޫމާތު ދޭގޮތުގައި މި އެއްބަސްވުމާއި އެކު ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ޓޯގޯ އަށް ގޮސް އެ ގައުމުގައި 30 ދުވަހުގެ މުއްދަތަކަށް ތިބެވޭނެ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބޭއްވެވި މަޝްވަރާތަކުގައި ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ ރާއްޖެއާއި އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ޓޯގޯ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، ވިސާ މާފުކުރުމުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޓޯގޯއާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.
މިނިސްޓަރ ޑުސީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރައްވައި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ޓޯގޯގެ އިތުރުން އިއްޔެ ރާއްޖެއިން ވަނީ ހޮންޑިއުރަސްއާއި ދެމެދުވެސް ދުރާލާ ވިސާ ނެގުމަކާއި ނުލައި ދެގައުމުގެ ރައްޔިތުންނަށް ދަތުރުކުރެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ