ބިދޭސީންގެ މައުލޫމާތު އެެއްކުރަން މާލެ ސަރަހައްދުގައި ބޮޑު ހަރަކާތެއް ފަށައިފި

މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ހޯމް މިނިސްޓްރީން މިއަދު ބޮޑު ހަރަކާތެއް ފަށައިފި އެވެ.
ވީކިހިނެއް؟ - ރާއްޖޭގައި ވަޒީފާ އަދާކުރާ  ބިދޭސީ މަސައްކަތްތެރިންގެ ފޮޓޯ އާއި އިނގިލީގެ ނިޝާން ހިމެނޭހެން މައުލޫމާތު އެއްކުރުމަށް ހޯމް މިނިސްޓްރީން "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ފަށައިގެން ހިންގާތާ ވަނީ ދުވަސްކޮޅެއް ވެފަ އެވެ. 
ތަފްސީލް - އެ އޮޕަރޭޝަންގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފެށީ، މިނިސްޓްރީން ބުނި ގޮތުގައި އެ މިނިސްޓްރީގެ 75 އޮފިޝަލުންނާ އެކު އެވެ. އެގޮތުން:
މިއަދު ހެނދުނު 9:00އިން އިރުއޮއްސި 6:00އަށް ހަރަކާތް ކުރިއަށް ދާނެ
ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު މިއަދު އެެއްކުރާނެ
ބޮޑެތި ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ވެސް އެއްކުރުމަށް ހަމަޖެހިފައިވޭ
މިއަދުގެ ހަރަކާތް ކުރިއަށް ދާނީ މާލޭގެ އިތުރުން ތިލަފުށި އަދި ގުޅީފަޅުގައި
އެ ހަރަކާރުގައި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީން ކުރުމުގެ މަސައްކަތް އެންޓިޓިޕް އޮފީހުން ކުރިއަށް ގެންދިއުމަށް ވެސް ރާވާފައިވެ އެވެ.
ފާހަގަކޮށްލެވޭ - މި ސަރުކާރުގެ ސިޔާސަތަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ބޮޑު އޮޕަރޭޝަންތައް ހިންގައި އެ ބިދޭސީން ފޮނުވައިލުމެވެ. މިހާތަނަށް 4000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ