މޫސުން ގޯސްވާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިއްޖެ

ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް އޮތް ހަ ދުވަހު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ނެރުނު އެލާޓެއްގައިވާ ގޮތުން ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުން ފެށިގެން މޫސުން ގޯސްވާއިރު ކޮޅިގަނޑުގައި އިތުރަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައަރާނެ އެވެ.
މެޓް އޮފީހުގެ އެލާޓާ ގުޅިގެން އެންޑީއެމްއޭއިން ވަނީ މޫސުން ގޯސްވާ ވަގުތު ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކުރެވޭނެ ބައެއް ކަންކަން ފާހަގަކޮށް ބަޔާނެއްވެސް ނެރެފަ އެވެ.
އެންޑީއެމްއޭއިން އިލްތިމާސް ކުރާ ކަންކަން:
ގެއަށް ފެން ނުވަންނާނެހެން ކުރިޔާލައި ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުންފެންބޮޑުވާ ސަރަހައްދުތަކުގައި ސައިކަލު ފަދަ ތަކެތި ޕާކު ނުކުރުންފިހާރަ، ރެސްޓޯރަންޓް، ގުދަން ފަދަ އަގުބޮޑެތި މުދާ ރައްކާކޮށްފައިވާ ތަންތަނަށާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުންފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި ހިފައި ގެންގުޅޭ ތަކެތި (ދޮންނަ މެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުކުރާ ތަނަަކަށް ބަދަލުކުރުންވައި ގަދަވާނެ ކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން. ޚާއްސަކޮށް ގަދަވައިގައި އެއްލައިލާނެ ފަދަ ތަކެތި ރައްކާތެރިކުރުންކަރަންޓު ސާމާނު ބޭނުންނުކުރާ ނަމަ ނިއްވާލާފައި ބެހެއްޓުންކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާހެން އިންތިޒާމުތައް ދުރާލައި ހަމަޖެއްސުން
ބޯކޮށް ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ލަފާކޮށް މާލެ ސިޓީ ކައުންސިލުން ގެންދަނީ އާންމުކޮށް ފެންވަދެ ގެއްލުވާ ކަމަށް ބެލެވޭ 56 ގެއެއް ކައިރީގައި ވެލި ބަސްތާ ޖެހުމުގެ ސަބަބުން ރެއިން ފެށިގެން ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ