ގޮނޑި ގެއްލޭ އިސްލާހު ސުޕްރީމް ކޯޓުން ބާތިލެއްނުކުރި

ސިޔާސީ ޕާޓީއަކުން މެމްބަރަކު ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފު ނުވާ ކަމަށާއި އެ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެނގުން މުހިންމު - ކުރީގެ މަޖިލިސް މެންބަރު އަލީ ހުސައިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފު އިސްލާހެއް ކަމަށް ވިދާޅުވެ އެވެ. އެގޮތުން:
4 ވަނަ މާއްދާގައި ބުނަނީ، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަން
8 ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކަން
26 ވަނަ މާއްދާގައި އޮންނަނީ ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުތައް
75 ވަނަ މާއްދާގައި އޮންނަނީ މަޖިލީހުގެ މެންބަރު މަސައްކަތުގައި ރިއާޔަތްކުރަން ޖެހޭ ކަންކަން؛ އެގޮތުން، އެއްވެސް ކަހަލަ ޒާތީ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަމަށާއި އިސްކުރަންވާނީ ގައުމީ މަސްލަހަތާއި ދިވެހި ރައްޔިތުންގެ ޖުމުލަ މަސްލަހަތަށް
 90 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރަކު ތަޅުމާއި ކޮމިޓީގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަން
ތަފްސީލް - ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުރިހަމަ ބެންޗުން ބެލި މި މައްސަލާގައި، މިއަދު ހުކުމްކުރީ ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކުގެ މައްސަލަތައް ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމާއި، ނަމަވެސް ހުށަހަޅާފައިވާ މައްސަލާގައިވާ އިސްލާހު ބާތިލްކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
މި ގޮތަށް ހުކުމްކުރީ އޭގެ ތެރެއިން 5 ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެގޮތުން:
އަގުލަބިއްޔަތު ލިބުނު ރައުޔު އިއްވެވީ އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު؛ އެ ރައުޔަށް ތާއީދުކުރެއްވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު އަބްދުﷲ ހަމީދު
މި އިސްލާހު ބާތިލްކުރަންޖެހޭ ކަމުގެ ރައުޔު އިއްވެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެކަނި
ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްގެ ރައުޔަކީ އިސްލާމް ދީނުގެ މަސްދަރަކާ ހިލާފުނުވާ ނަމަ ގާނޫނުއަސާސީއަށް ގެންނަ ކޮންމެ އިސްލާހަކީ ގާނޫނުއަސާސީގެ ބައެއް ކަމަށް؛ އެ ރައުޔުގައި ވެސް ތާއީދުކުރަނީ ބާތިލްކުރަންޖެހޭ ސަބަބެއް ނެތް
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ