އެމެރިކާއާއި އީރާނާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އީރާނުން ހޯމަ ދުވަހު ބަހްރޭން، ކުވައިތު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އާ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައިވަނީ އީރާނުގެ ދެކުނުގެ އަސްކަރީ އަމާޒުތަކަށް އެމެރިކާއިން އާ ވައިގެ ހަމަލާތަކެއް ދިންތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ.
މި ހަމަލާތައް ބަދަލުކުރަން ފެށީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކާއި، ޑްރޯން އުފައްދާ ތަންތަނާއި، އައްސޭރިފަށުގެ ރާޑަރު ސައިޓްތައް ހިމެނޭ ގޮތަށް އީރާނުގެ އަސްކަރީ އޮނިގަނޑަށް އެމެރިކާއިން ފަސްވަނަ ފަހަރަށް ހަމަލާ ދިނުމާ ގުޅިގެންނެވެ. އެމެރިކާއިން ބުނީ މި އޮޕަރޭޝަނަކީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބައިނަލްއަގުވާމީ އުޅަނދުފަހަރަށް އީރާނުން ތަކުރާރުކޮށް ބިރުދައްކަމުންދާ ކަމަށް ތުހުމަތުކޮށް، އެ އުޅަނދުފަހަރު ހިމާޔަތްކުރުމަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އީރާނުން ބަހްރޭން، ކުވައިތު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތަކެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ