ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު ބިން ހަލީފާ އަލްތާނީގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ގަތަރަށް ފުރާވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު އަވަހާރަވީ އިއްޔެ އެވެ. އަވަހާރަވީ އުމުރުން 74 އަހަރުފުޅުގަ އެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލްތާނީ އަށާއި އެ ގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ދަންނަވައި އިހުތިރާމު އަދާކުރައްވާނެ ކަމަށެވެ.
ގަތަރުގެ ކުރީގެ އަމީރުގެ ޖަނާޒާ އިއްޔެ ބާއްވާފައިވާއިރު، އެ ގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް އިތުރު ގައުމުތަކުގެ އިސްވެރިން ވެސް ގަތަރަށް ވަޑައިގަންނަވާނެ އެވެ.
އެނގުން މުހިއްމު - ޝެއިހް ހަމަދަކީ އެ ގައުމުގެ ފަސްމަންޒަރު ބަދަލުކޮށް، އެ ގައުމު ސަރަހައްދީ ވަރުގަދަ ބާރަކަށް ހެއްދެވި ލީޑަރެވެ. އެމަނިކުފާނު ގަތަރުގެ ވެރިކަން ކުރެއްވީ 1995 އިން 2013އަށް 18 އަހަރު އެވެ.
އެއަށް ފަހު އެމަނިކުފާނު ވަނީ ވެރިކަން ދޫކޮށްލައްވައި، ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގަލްފްގެ އެ ގައުމުގެ މިހާރުގެ ވެރިޔާ އަދި އެ މަނިކުފާނުގެ ދަރިކަލުން ޝެއިހް ތަމީމްއާ ވެރިކަން ހަވާލުކުރައްވައިފަ އެވެ.
ޝައިހް ހަމަދުގެ އާއިލާއަށް ތައުޒިޔާ ދަންނަވަން ރައީސް މުއިއްޒު ގަތަރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ