ރާއްޖޭގެ ގިނަ ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި ހުރީ ބޮޑުހިލަ ނުލިބޭތީ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މުއްތަލިބު ވިދާޅުވީ ގިނަ ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި ހުރީ ބޮޑުހިލަ ނުލިބޭތީ ކަމަށާއި ބޮޑުހިލަ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
Yes Maldives Pvt Ltd
MGH Group of Companies
Enterprise Development Industrial Pvt Ltd
Zetta Enterprises Pvt Ltd
MU STORE
"ހުއްޓިފައި ހުރި ގިނަ ރަށްރަށުގެ މަސައްކަތް މި ވަގުތު ހުއްޓިފައި ހުރީ ހިލަ ލިބުމުގެ ދަތިކަމާ ހެދި، ދެން އެމްޓީސީސީން އިއްޔެ ވެސް ވިދާޅުވި މި މަހުން ފެށިގެން ހިލަ ގެނައުމުގައި ފަސޭހަތަކެއް ހަމަޖެހިގެންދާ ވާހަކަ. އެހެންވީމާ ހިލަ ލިބުނުހައި އަވަހަކަށް ވަރަށް ގިނަ މަޝްރޫއުތަކެއް ނިންމައިލެވޭ ހިސާބުގައި ހުރީ،" މުއްތަލިބު ވިދާޅުވި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެންމެ ގިނައިން މުއްތަލިބުއާ އަމާޒުވީ ރަށްރަށުގައި ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ނުހިނގާ މަޑުޖެހިފައިވާ މައްސަލައާ ގުޅޭގޮތުންނެވެ.
އެ ސުވާލުތަކުގެ ޖަވާބުގައި މާ އެދެވޭ ޖަވާބެއް މުއްތަލިބު ނުދެއްވި ނަމަވެސް، އޭނާ ވިދާޅުވީ ހުރިހާ ރަށެއްގައި ފަށާފައި ހުރި މަސައްކަތްތައް ވެސް ކޮންމެވެސް ސިފައެއްގައި ކުރިއަށްދާ ކަމަށެވެ.
ގިނަ ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި ހުރީ ބޮޑުހިލަ ނުލިބޭތީ ކަމަށް މުއްތަލިބު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ