ހުޅުމާލެ 1 ގައި ހުންނަ އަޒީޒާ މިސްކިތަކަށް ގެއްލުން ދިން މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަށް ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި "ތުހުމަތުކުރެވޭ މީހާގެ ހާލަތަށް ރިއާޔަތްކޮށް މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް" އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް، ތުހުމަތުކުރެވޭ މީހާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން އިއްޔެ ބުނި ގޮތުގައި، ގާޒީ ސްކޫލް ކައިރީގައި ހުންނަ އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރިޕޯޓްކުރީ އިއްޔަ ރޭ ފަތިހު ހަތަރެއް ޖަހަން އުޅެނިކޮށެވެ.
ހުޅުމާލޭގެ މިސްކިތަކަށް ގެއްލުން ދިނުން: ފުލުހުން ބުނީ ފިޔަވަޅު އަޅާނެ ކަމަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ