ރާއްޖޭގެ އެންމެ
ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާއާއި އައިނުގެ ހިދުމަތް ފޯރުކޮށްދޭ އައިކެއާ އޮޕްޓިކަލްއިން، މި ޖުލައި މަހަށް ހާއްސަކޮށްގެން ކަސްޓަމަރުންނަށް ބޮޑެތި
ފައިދާތަކެއް ލިބޭނެ ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި އެވެ.
ޖުލައި 15 އިން
ފެށިގެން އަންނަ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި
ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އައިނާއި ލެންސް ހެޔޮ އަގުގައި
ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
ކޮންމެ ދެ އައިނުން އެއް އައިނަށް 30 ޕަސެންޓު ޑިސްކައުންޓް!
މި ޕްރޮމޯޝަނުގެ ދަށުން ދެ
ނަންބަރު އައިނު ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް، އެއް ފްރޭމުން 30
ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ. އައިކެއާއިން ބުނި ގޮތުގައި ދެވަނަ ފްރޭމަކީ އަމިއްލަ ބޭނުމަށް ނުވަތަ އެހެން ފަރާތަކަށްވެސް
ނެގިދާނެ ފްރޭމެކެވެ. އައިނު އަޅާ ދެކުދިންނަށް، ނުވަތަ މަންމަ އާއި ދަރިފުޅަށް،
ދެމަފިރިންނަށް އަދި ރައްޓެސަކާއި އެކުވެސް އައިނު އާކޮށްލެވިދާނެ އެވެ.
އައިކެއާގެ އައުޓްލެޓްތަކުގައި ހުރި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ތެރެއިން
ކޮންމެ ފްރޭމެއްވެސް މި އޮފާގެ ދަށުން ހިޔާރުކުރެވޭނެއެވެ.
ޒައިސް ސްމާޓްލައިފް ލެންސްއާއެކު ހިލޭ
އަވިއައިނެއް!
މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ
ބޭނުންކޮށްގެން އުފައްދާފައިވާ ޒައިސް ސްމާޓްލައިފް
ލެންސާއެކު ފްރޭމް ބައްލަވައިގަންނަވާ
ކަސްޓަމަރުންނަށް އޯރާ ބްރޭންޑްގެ އަވިއައިނެއް މުޅިން ހިލޭ ލިބޭނެ އެވެ. ޒައިސް
ސްމާޓްލައިފް ލެންސަކީ މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ހާއްސަކޮށް، ހުރިހާ
ދުރުމިނަކުންވެސް ސާފުކޮށް ފެންނާނެހެން ފަރުމާކޮށްފައިވާ ފެންވަރު ރަނގަޅު
ލެންސެކެވެ.
އައިކެއާއިން ބުނީ މި ދެ އޮފަރަކީވެސް އެއް ޓްރާންސެކްޝަނެއްގެ ތެރެއިން ބޭނުންކުރެވޭނެ
އޮފަރތަކެކެވެ. އަދި އައިކެއާ މެންބަޝިޕްގެ ފައިދާތައްވެސް މި އޮފާތަކާއެކު
ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަން އައިކެއާގެ ހުރިހާ
އައުޓްލެޓެއްގައިވެސް ކުރިއަށްދާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް
އައިކެއަރގެ ވެބްސައިޓަށް ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއާ އައުޓްލެޓަކަށް
ޒިޔާރަތްކުރައްވާށެވެ.
އައިކެއާ ޖުލައި އޮފާ: 30 ޕަސެންޓު ޑިސްކައުންޓާއި ޒައިސް ލެންސާއެކު ހިލޭ އަވިއައިނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ