އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރާއްޖޭގެ އިގްތިސާދު ފުނޑާލާފައި ކަމަށާއި ދަރަނީގެ ވާހަކަ ދައްކަން އޭނާ ކުފޫ ހަމަނުވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަމީރު އެކްސް ގައި ވިދާޅުވީ ހާލަތާ އެއްގޮތަށް މާލީ އަދި އިގްތިސާދީ ސިޔާސަތު ބައްޓަން ކުރަން ވެސް މި ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ދަރަނި ދައްކާނެ ފައިސާ ހޯދަން ވެސް މި ސަރުކާރަށް ނޭނގޭ ކަމަށެވެ.
Zetta Enterprises Pvt Ltd
MGH Group of Companies
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MGH Group of Companies
"ސައީދު ވަނީ ރާއްޖޭގެ އިގްތިސާދު ފުނޑާލާފަ، ދަރަނި ދައްކާކަށް ދަރަންޏަށް ފައިސާ ހޯދާކަށް ނޭނގޭ. މާލީ އަދި އިގްތިސާދީ ސިޔާސަތު ހާލަތަށް ފެތޭ ގޮތަށް ހިންގަން މި ސަރުކާރަކަށް ނޭގޭނެ. ދަރަނީގެ ވާހަކަ ދައްކަން ސައީދު ކުފޫ ހަމައެއްނުވޭ،" އަމީރު ވިދާޅުވި އެވެ.
އަމީރު އަދި ސަރުކާރަށް ފާޑުވިދާޅުވެ އަމީރު އެކްސްގައި ޕޯސްޓެއް ކުރެއްވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު، އަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމުންނެވެ.
އަމީރުގެ ޕޯސްޓުގައި، ދަރަނި ދެއްކިގެން އެކަން ސަރުކާރުން ފާހަގަ ކުރާތީ ވެސް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދަރަނި ދެއްކުމަކީ އެންމެ ކުޑަމިންވަރު ކަމަށެވެ. އަދި ދަރަނި ދެއްކިއިރު، ޑޮލަރު ތަދުވެ ކަޅުބާޒާރު ބޮއްސުންލައި ތަކެތީގެ އަގު 30 ޕަސަންޓަށް އުފުލިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ.
މީގެއިތުރުން އަމީރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ދަރަންޏަށް ފައިސާ ހޯދުނީ އިންވެސްޓަރުންގެ އިތުބާރު އޮތީމަ ކަމަށާއި މި ސަރުކާރަށް ތިން އަހަރު ވެގެންދިޔައިރު ފައިސާ ދޭނެ ބަޔަކު ނުވި ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރަށް ބޭރުން ޑޮލަރު ހޯދޭނެ ގޮތެއް ނެތްއިރު، ހަޒާނާއިން ކުރަނީ އިސްރާފު ކަމަށެވެ.
"ބޭރުން ޑޮލަރެއް ހޯދޭނެ ގޮތެއް ނެތްތާގައި، ހަޒާނާއިން ކުރަނީ ބޮޑު އިސްރާފު. އިންވެސްޓަރުން ތިބީ ސަރުކާރާ ފެޔަށް ޖެހި، މާލީ އިދާރާތަކުގެ އިތުބާރުވެސް މިވަނީ ގެއްލިފައި. ބޭންކު އޮފް މޯލްޑިވްސް ފުނޑާލައި، ރައްޔިތުންގެ ފައިސާކޮޅުވެސް ސަރުކާރުން މިވަނީ ބޭނުންކޮށްފަ. އެމްޑީޕީގެ ސަރުކާރު ދަރަންޏަށް ފައިސާ ހޯދުނީ އިންވެސްޓަރުންގެ އިތުބާރު އޮތީމަ، މިސަރުކާރަށް 3 އަހަރުވީއިރު ފައިސާދޭނެ މީހަކު ނުވި،" އޭނާ ވިދާޅުވި އެވެ.
ސައީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރާއްޖެ ދަރަނިވެރިކުރުވުމުގެ މޭސްތިރިއަކީ އަމީރު ކަމަށެވެ. އެގޮތުން އިގްތިސާދުގެ ވާހަކަ އަމީރު ފަދަ ބޭފުޅުން ދެއްކުމަކީ އައިބު ކަމެއް ގޮތުގައި ސައީދު ސިފަކުރެއްވި އެވެ.
"އެ ވިދާޅުވީ އެކަން ކުރެއްވި ހަމަ މޭސްތިރިއެއް. ރާއްޖެ ދަރުވާލުމުގެ މޭސްތިރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފިނޭންސް މިނިސްޓަރު އިނގޭތޯ! އެ މަނިކުފާނުގެ ޒިންމާގެ ތެރެއިން ރާއްޖެ މި ހިސާބަށް ވައްޓާލާފަ އެ އޮތީ،" ސައީދު ވިދާޅުވި އެވެ.
ސަރުކާރުގެ ހަރަދު ބޮޑު ވުމުގެ ވާހަކަ ދެއްކެވެމުގެ ބަދަލުގައި ސައީދު ދެއްކެވީ ޑޮލަރު ތާށިކަމުގެ މައްސަލައިގައި އޭނާ އަބަދު ވެސް ދައްކަވާ ކުރީ ސަރުކާރުގައި އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރި ވާހަކަ އެވެ.
ޑޮލަރުގެ އަގު ބޮޑު ވުމުގެ މައްސަލައިގައި މި ސަރުކާރުގެ ހަރަދު ކުރުމާ އެއްވެސް ގުޅުމެއް އޮތް ކަމަށް ނުވަތަ ނެތް ކަމަށް ވެސް ސައީދު ވިދާޅެއް ނުވެ އެވެ. އޭގެ ބަދަލުގައި އޭނާގެ މުޅި ޖަވާބު ބޭނުންކުރެއްވީ އިދިކޮޅަށް ބަހުގެ ހަމަލާތައް އަމާޒުކުރެއްވުމަށާއި ސަރުކާރަށް ކަމެއް ނުވެގެން އުޅެނީ ދަރަނިތައް ދައްކަން ޖެހޭތީ ކަމަށް ބަޔާންކުރެއްވުމަށެވެ.
ރާއްޖޭގެ އިގްތިސާދު ފުނޑާލީ ސައީދު، އެއީ ދަރަނީގެ ވާހަކަ ދައްކަން ކުފޫ ހަމަވާ ބޭފުޅެއް ނޫން: އަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ