ފޯޅަވަހި ބަޔަކާ ހަވާލުކުރާ ނަމަ ދޭން ވާނީ ރާއްޖެއަށް: ރައީސް

ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގެ ރަށްތަކަށް ސަރުކާރުން ކުރާ ދައުވާ ތަކުރާރުކޮށް، އެތަން ބަޔަކާ ހަވާލުކުރާ ނަމަ ކުރަން ވާނީ ރާއްޖެއާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިނިވަން ދުވަހުގެ މުނާސަބާގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ފޯޅަވަހި މައްސަލައަށް އަލިއަޅުވާލައްވާފަ އެވެ.
އެނގުން މުހިންމު - ފޯޅަވަހީގެ ރަށްތައް މޮރިޝަސްއަށް ދޫކޮށްލުމާ ބެހޭ ޕްލޭނާ ގުޅޭ ގޮތުން އެމެރިކާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އިނގިރޭސިވިލާތުން މިއަހަރުގެ ކުރީކޮޅު ވަނީ ހާމަކޮށްފަ އެވެ.
ތަފްސީލު - އެ މައްސަލައިގައި ރައީސް މިއަދު ވިދާޅުވީ ތާރީހު ހެކި ދޭ ގޮތުގައި ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމަށެވެ.
"ނުވަ ވަނަ ހަސަން ރަސްގެފާނުގެ ލިޔުުންކޮޅު، އެ ވަނީ ވަރަށް ސާފު. އެެހެންވީމަ ރައިޓްފުލް އޯނަރަށް [ފޯޅަވަހި ބަޔަކާ ހަވާލުކުރާ ނަމަ] ހަވާލުކުރަން ޖެހޭނެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރަނީ،" ރައީސް ވިދާޅުވި އެވެ.
"އެހެން ނޫނީ މިހާރު އޮތް ގޮތަށް ކުރިއަށް ދިއުމަކީ އެއްވެސް މައްސަލައެއް ނޫން."
ރައީސް ވިދާޅުވީ އެ މައްސަލައިގެ މަޝްވަރާތައް ސަރުކާރުން މިހާރު ވެސް އެބަ ކުރިއަށްގެންދާ ކަމަށެވެ.
ފާހަގަކޮށްލެވޭ - ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސިވިލާތާއި އެމެރިކާއިން މަޝްވަރާ ކުރަން ފެށި ފަހުން، މޮރިޝަސްއާ އެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން މަޑުޖެހުނެވެ.
އެއީ އެކަމުގައި އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުންނެވެ
އޭގެ ފަހުން ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސި ބޮޑުވަޒީރު ނިންމެވި ނިންމެވުން ބާތިލުކޮށް، އެ ރަށްތައް އެމެރިކާގެ ދަށަށް ގެނައުމުގެ ހުށަހެޅުމަކަށް ވައިޓް ހައުސްއިން ބަލަމުން އަންނަ ކަމަށް ހަބަރު ފެތުރުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ