ރަށްރަށުގެ އިންޖީނުގެ ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލަންކާގައި ތަމްރީން ދީފި

ފެނަކަ ކޯޕަރޭޝަނުން ބަލަހައްޓަމުން ގެންދާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުން ސްރީ ލަންކާއަށް ފޮނުވައިގެން ތަމްރީން ކޮށްފިއެވެ. މިއީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔުޓިލިޓީ ކުންފުނިތައް ގުޅިގެން ގެންދާ ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދިޔަ ދެވަނަ ތަމްރީން ޕްރޮގްރާމެވެ. ފެނަކަ ކޯޕަރޭޝަނުން ބަލަހައްޓަމުން ގެންދާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުން ލަންކާގައި ތަމްރީން ފުރިހަމަ ކުރަނީ --- ފޮޓޯ/ އެންވަޔަރަމަންޓް މިމަހުގެ 13 އިން 18 އަށް ސްރީލަންކާގެ ކޮލަމްބޯގައި ހިންގި އެ ތަމްރީން ޕްރޮގްރާމުގައި، ފެނަކަ ކޯޕަރޭޝަނުން ބަލަހައްޓަމުން ގެންދާ އިންޖީނުގެތަކުގައި މަސައްކަތްކުރާ 10 މުވައްޒަފުން ތަމްރީން ކޮށްފައިވެއެވެ. ތަމްރީން ޕްރޮގްރާމުގައި ޑީސަލް ޖެނެރޭޓަރު ސިސްޓަމް ހިންގައި ބެލެހެއްޓުމާއި އަދި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރާ ގްރިޑް އިންސްޓޯލްކޮށް އޮޕަރޭޓް ކުރާނެ ގޮތް ނުވަތަ ކަރަންޓު ވިއުގަ ގާއިމުކުރުމާއި ހިންގައި ބަލަހައްޓާނެ ގޮތާ ބެހޭ ތަމްރީން ވަނީ ދީފައެވެ. ފެނަކަ ކޯޕަރޭޝަނުން ބަލަހައްޓަމުން ގެންދާ އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުން ލަންކާގައި ތަމްރީން ފުރިހަމަ ކުރަނީ --- ފޮޓޯ/ އެންވަޔަރަމަންޓް ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި އިރުގެ އަލިންނާއި ޑީސަލުން ކަރަންޓު އުފައްދާ ގޮތަށް ގާއިމުކުރެވޭ ކަރަންޓު އުފައްދާ ނިޒާމުތައް ހިންގާ ބަލަހައްޓާނެ ގޮތާ ގުޅޭ ތަމްރީންތަކެއް ފުރިހަމަކުރުމަށް މުވައްޒަފުންތަކެއް ޗައިނާއަށް ވަނީ ފޮނުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ