ސިޔާސީ ޕާޓީއެއްގައި ނަން އޮތް ނަމަ، އުނިކޮށްދެއްވުމަށް އެދި އީސީއަށް މެމްބަރު ސައުދު ސިޓީއެއް ފޮނުއްވައިފި

އެއްވެސް ޕާޓީއެއްގައި ސޮއި ހިމެނިފައިވާ ނަމަ އެޕާޓީއަކުން ވަކިކޮށްދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުއްވައިފިއެވެ.
 
އިލެކްޝަންސް ކޮމިޝަންގެ ރައީސްއަށް އެޑްރެސްކުރައްވާ ސައުދު ހޯމަދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފުތަރުގައި އޭނާގެ ނަން ހިމެނިފައިވާނަމަ ވީ އެންމެ އަވަހަކަށް ނަން އުނިކޮށްދެއްވުމަށް އެދޭ ކަމަށެވެ.
 
ދެ ފެކްޝަނަކަށް ބެހިފައިވާ ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން، ރައީސް މައުމޫން ފެކްޝަނަށް ބަދަލުވުމާ އެކު އޭޕްރިލް 17 ވަނަ ދުވަހު ޕީޕީއެމުން ވަނީ ވަކިކޮށްފައިވާ ކަން އަންގާފައެވެ.
 
މިގޮތަށް ނިންމީ ރައީސް ޔާމީން ފެކްޝަންގެ ސުލޫކީ ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.
Evves party ehgge dhaftharuga alhuganduge nan himenifaivaanama e party akun vakikodhevvumah edhi election commission ah letter fonuvaifin. pic.twitter.com/BJb7JiHBzA
ޕާޓީން ވަކިކުރިކަން އަންގައި ސައުދަށް އެދުވަހު ޕީޕީއެމް އިން ފޮނުވި ސިޓީގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށާއި މި ސަރުކާރަށް ތާއީދު ނުކުރައްވާ ކަމަށް ފާޅުގައި ވިދާޅުވަމުން ގެންދަވާ ބޭބޭފުޅުންނާ އެކު މަސައްކަތް ކުރައްވަމުން ގެންދާކަމީ ޕާޓީގެ އަސާސީ ޤަވާއިދާ ހިލާފު ކަމެއް ކަމަށާއި، ޕާޓީގެ ފިކުރާ ހިލާފަށް ފާޓީ އާއި އަދި ސަރުކާރާ އިދިކޮޅު ހަރަކާތްތައް ހިންގަމުން ގެންދާ ފަރާތްތަކާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
 
ފާޅުކަން ބޮޑު ގޮތަކަށް ސޯޝަލް މީޑިއާގަ އާއި އަދި ތަފާތު ފޯރަމްތަކުގައި ޕާޓީގެ އަސާސްތަކާ ހިލާފަށް އަމަލުކުރައްވާ، ޕާޓީގެ ވިސްނުމާއި ފިކުރާ ދެކޮޅަށް ވަކާލާތުކުރައްވަމުން ގެންދަވާކަން ސައުދުގެ ފަރާތުން ފާހަގަ ކުރެވިފައި ވާކަމަށެވެ.
 
ސުލޫކީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ބެލި ބެލުމުން، ހުށަހެޅިފައިވާ މައްސަލައަށާއި ޕާޓީގެ އަސާސީ ޤަވާއިދާއި ކުރިން ފާހަގަކޮށްފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ޕާޓީގެ ސުލޫކީ މައްސަލަތަކާއި ބެހޭ ޤަވާއިދުގެ 15 ވަނަ މާއްދާގެ (ހ)ގެ 7 ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން، ސައުދު އެ ޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
ސައުދު ޕީޕީއެމްއިން ވަކިކުރިއިރު ސައުދު ވަނީ އިދިކޮޅުފަރާތްތަކާއި ގުޅިވަޑައިގަންނަވާފައެވެ. ސައުދު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވުމާ އެކު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވައިބަރ ގުރޫޕުން ވެސް ސައުދުވަނީ ބޭރުކޮށްފައެވެ.
ސައުދު ވަކިކޮށްފައިވަނީ ރައީސް މައުމޫނަކީ ޕީޕީއެމް ކަމަށާއި ޕީޕީއެމްއަކީ ރައީސްމައުމޫނު ކަމަށް ވިދާޅުވެ ރައީސް މައުމޫނާ އެކު ކުރިއަށް ވަޑައިގަންނަވަން ނިންމާފައި ވަނިކޮށެވެ.
 
އިދިކޮޅު ފަރާތްތަކާ ގުޅުމާއެކު ސައުދާ އާއިލީގޮތުން ގާތް ބައެއް ފަރާތްތައް ވަނީ ސަރުކާރުގެ މަޤާމަތްކުން ވެސް ވަކިކޮށްފައެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ