ތުރުކީގެ ޕޫލަކަށް ފޭބި ތިން ކުއްޖަކާ އެ ކުދިން ކަރަންޓުގައި ޖެހުމުން ސަލާމަތް ކުރަން ފޭބި ދެމީހަކު މަރުވެއްޖެއެވެ.
ކަރަންޓުގައި ޖެހިގެން ތިން ކުއްޖަކާ ދެމީހަކު މަރުވެފައިވަނީ އިސްތަންބުލުގެ އިރުމަތީގައި އޮންނަ ސަކަރުޔާ ޕްރޮވިންސްގެ ޕާކެއްގައެވެ.
ހޮނިހިރު ދުވަހު ހިނގި އެހާދިސާގައި ކަރަންޓުގައި ޖެހުނު ތިން ކުދިންނާއި ދެ މީހުން ވެސްވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އެ މީހުން ސަލާމަތް ކުރެވޭ ގޮތް ވެފައެއް ނުވެއެވެ.
ބީބީސީއިން ބުނެފައިވާ ގޮތުގައި އެ ހާދިސާގައި މަރުވި ތިން ކުދިންނަކީ ޕާކަށް ގޮސް އުޅުނު ތިން ކުދިންނެވެ. މަރުވި ދެމީހުންނަކީ ޕާކުގެ މެނޭޖަރާ މެނޭޖަރުގެ ދަރިފުޅެވެ.
އެ މައްސަލަ މިހާރުދަނީ ބަލަމުންނެވެ.
ޕޫލަކަށް ފެބި ތިން ކުދިންނާ ދެ މީހަކު ކަރަންޓު ޖެހި މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ