ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރުމަށް އެދި ގައުމީ އިއްތިހާދު ޕާޓީންނާއި ސ. ފޭދޫ އެވަރެސްޓް އިމާދު ސޯލިހު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ޝެޑިއުލް ކޮށްފި އެވެ.
ސުޕްރީމް ކޯޓުން އެ ދެ މައްސަލަ ޝެޑިއުލް ކޮށްފައި ވަނީ އަންނަ ހޯމަ ދުވަހުގެ 2:00 އަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ބައެއް ހައްގުތައް ގެއްލޭގޮތަށް އެކުލަވާފައިވާ ގާނޫނެއް ކަމަށް ބުނެ އެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރުމަށް ދައުލަތުން ވެސް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
އެ މައްސަލައިގެ އަޑުހުމެއް ވެސް ސުޕްރީމް ކޯޓުން ވަނީ ބާއްވާފައެވެ.
ދައުލަތުން އެ މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނަށް އަމަލުކުރާ ދުވަހުން ފެށިގެން 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލެވޭގޮތަށް އެ ގާނޫނުގައި އޮތް އިރު އެ ޕާޓީތަކުން ކޮށްފައިވާ ގާނޫނީ މުއާމަލާތްތަކާ މެދު ވާނެ ގޮތެއް ގާނޫނޫގައި ކަނޑައަޅާފައި ނުވާތީ އެވެ.
ގައުމީ އިއްތިހާދު ޕާޓީ އާއި އިމާދު ސޯލިހު ހުށަހެޅި މައްސަލަ ޝެޑިއުލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ