ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ނިންމައިފިއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 14:00 ގައެވެ.
މެމްބަރު އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައެވެ.
މި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދީދީގެ ފަރާތުން އެދިވަޑައިގަތީ ޓެރެރިޒަމް ދައުވާގެ މައްސަލަ ކުރިއަށް ނުގެންދަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވާކަން ސާބިތު ކުރުމަށް ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް މުހުތާޒް މުހުސިން އާއި ޕީޖީ އޮފީހުގެ ހަތަރު ވަކީލަކު ކޯޓަށް ހާޒިރު ކޮށްދިނުމަށެވެ.
އެ ބޭފުޅުން ކޯޓަށް ހާޒިރު ކުރަން އެދުނީ މި ދައުވާ އަނބުރާ ގެންދިއުމަށް ފަހު ދައުވާ ނުކުރަން ނިންމާފައިވާކަން ސާބިތު ކޮށްދިނުމުގެ ގޮތުންނެވެ.
އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް 2015 ވަނަ އަހަރު ވެސް ޓެރަރިޒަމްގެ ދައުވާ އުފުލި ނަމަވެސް އެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމަށް ބުނެ އެވެ.
ޕީޖީ އޮފީހުން 2015 ވަނަ އަހަރުގެ ޖޫން 25 ގައި ވަނީ އިބްރާހިމް ދީދީގެ މައްޗަށް ދެން ޓެރަރިޒަމްގެ ދައުވާ ނުކުރާނެ ކަމަށް ބުނެ އެކަން އޭނާއަށް ވެސް އަންގާފައެވެ. އެހެން ނަމަވެސް، އަނެއްކާވެސް އެ މައްސަލަ ބެލުމަށް ނިންމީ ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެއެވެ.
މެމްބަރު އިބްރާހިމް ދީދީގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ