ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިރޭ ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުން ގާޒީ ބާރީ ވަކިކޮށް ޖުވެނައިލް ކޯޓަށް ބަދަލުކުރުމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައި ހުންނެވި އަހްމަދު ޝަކީލް ވެސް ޖުވެނައިލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ވަނީ ނިންމާފަ އެވެ.
މި ދެ ގާޒީން ޖުވެނައިލް ކޯޓަށް ބަދަލުކުރަން ނިންމީ ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ހުށަހެޅި ހުށަހެޅުމަކަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުން އަބްދުލް ބާރީ ޔޫސުފް ވަކިކުރެއްވި ނަމަވެސް އެ ކޯޓަށް އިސް ގާޒީ އަކު އަދި އައްޔަންކޮށްފައިވާ ކަމަށް ޖޭއެސްސީ އަކުން ބުނެފައެއް ނުވެ އެވެ.
ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ