ސީޑީސީ ސްކޫލް ބަންދު ކުރުމުގެ ބިރު އެބައޮތް - ކެއާ ސޮސައިޓީ

ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ކިޔަވައި ދިނުމުގެ ގޮތުން ކެއާރ ސޮސައިޓީގެ ފަރާތުން މިހާރު ހިންގަމުންގެންދާ ސީޑީސީ ސްކޫލަށް އެހީވެދޭނެ ފަރާތެއް ނެތުމުގެ ސަބަބުން ސްކޫލް ބަންދު ކުރުމުގެ ބިރު އެބައޮތްކަމަށް ކެއާރ ސޮސައިޓީން މިއަދު ބުނެފި އެވެ.
މިއަދު ކެއާރ ސޮސައިޓީގައި ތަޢޫލީމު ޙާސިލްކުރަމުންދާ ދަރިންވަރުންގެ ބެލެނިވެރިންނާއި ނުކުޅެދުންތެރިކަން ހުންނަ ބައެއް ކުދިން އާރޓިފިޝަލް ބީޗުގައި ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ކެއަރ ސޮސައިޓީގެ ޑައިރެކްޓާ އޮފް ޕްރޮގްރާމްސް އައިޝަތު ލޫބާ ވިދާޅުވީ ކުރީގެ ސަރުކާރުން ސީޑީސީ ހިންގުމަށް އިމާރާތެއް ދީފަވާއިރު އެ އިމާރާތަކީ ވަރަށް ބޮޑަށް ވީރާނަވެފައިވާ ބާ އިމާރާތެއް ކަމަށެވެ.
އެހެންކަމުން އެއިމާރާތުގައި މަސައްކަތް ކުރުމަކީ އެންމެ ރަގަޅުގޮތްކަމަށް އޭރުވެސް ގަބޫލުނުކުރެވޭ ކަމަށާއި އަދި އޭރުގެ ސަރުކާރުން އެއިމާރާތް ކެއާރ ސޮސައިޓީގެ ޚަރަދުގައި މަރާމާތް ކުރުމަށް އެންގެވި ނަމަވެސް މާލީ ހާލަތު ހުރި ގޮތުން އެމަސައްކަތް ނުކުރެވުނު ކަމަށްވެސް ލޫބާ ވަނީ ވިދާޅުވެފައެވެ.
"ކުރީގެ ސަރުކާރުން އަޅުގަނޑުމެންނަށް ދިނީ ވަރަށް ބާވެފައިވާ އިމާރާތެއް. އަދި އެތަން މަރާމާތުކޮއްދެއްވުމަށް އަޅުގަނޑުމެން ސަރުކާރަށް ދެންނެވިން ނަމަވެސް ސަރުކާރުން އެދުނީ އަޅުގަނޑުމެންގެ ބަޖެޓުން އެކަންކުރުމަށް އަޅުގަނޑުމެންނަށް ލިބިފައިވާ ބަޖެޓުން އެކަން ކުރުމަކީ ދަތިކަމެއް އަދި ކުރެވޭނެކަމެއް ވެސް ނޫން" ލޫބާ ވިދާޅުވިއެވެ.
ލޫބާ އިތުރަށް ވިދާޅުވީ ސީޑީސީއަކީ މިހާރުވެސް ސާޅީސް އެއް ކުއްޖަކަށް ތައުލީމު ދެމުންދާ ތަނަކަށްވާއިރު އެތަނުގެ ޖާގައިގެ ދަތިކަމާއި އަދި އިމާރާތް ބާވުމުގެ ސަބަބުން އެކުދިންނަށް ތައުލީމު ހޯދައިދިނުމުގައި ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. މިކުދިންނާމެދު އިހުމާލުވެފައި ވަނީ މިއަދު އެކަނި ނޫންކަމަށާ ސަރުކާރުގެ ބޭފުޅުން އަރިހުގަ މިވަހަކަ އެތަށް ފަހަރަކު ދެއްކުމުންވެސް އެކަށީގެންވާ ޖަވާބެއް ލިބިފަނުވާކަމަށް ލޫބާވަނީ ވިދާޅުވެފަވެއެ.
"އަޅުގަނޑުމެން ސީޑީސީ ގެ ވާހަކަ ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ އަރިހުގައި މިއައީ ދަންނަވަމުން. ނަމަވެސް އެދެވޭ އެއްވެސް ފިޔަވަޅެއް އެފަރާތްތަކަކުން ނޭޅި" ކަމުގައި ލޫބާ ވިދާޅުވި.
މީގެއިތުރުން ހިއުމަންރައިޓްސް ކޮމިޝަނުންވެސްވަނީ މިއަދު އެ މުޒާހަރާގައި ބައިވެރިވެ، ސީޑީސީ ގަ ކިޔަވަމުންދާ ކުދިންނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ލިބުމަށް ގޮވާލާފައެވެ.
މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެޗްއާރުސީއެމްގެ ބޭފުޅަކު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހަމައެކަނި ފޯކަސްކޮއްގެން ހިންގޭ ހަމައެކަނި ސުކޫލަކީ ކެއާރ ސޮސައިޓީކަމަށާއި، އެހެންކަމުން މިއަދު އެތަނަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ހުއްޓާލަންޖެހުމަކީ ވަރަށް ގިނަ ނުކުޅެދުންތެރިކަން ހުންނަކުދިންނަށް ލިބިގެންދިޔަ ގެއްލުމެއްކަމަށެވެ.
" ސިޑީސީ ބަންދުވުމަކީ ނުކުޅެދުންތެރިކަން ހުންނަ އެކި ކުދިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއް. މިއީ ހަމައެކަނި ރާއްޖޭގައި ހުރިހާ ކަހަލަ ނުކުޅުދުންތެރިކަމެއް ހުންނަ ކުދިންނަށް ކިޔަވައިދެމުން އައި ހަމައެކަނިތަންކަމަށާއި، އެހެންކަމުން އެތަނުގައި ކިޔަވަ ނުދެވުމަކީ އެކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމަށް" އެނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދައުލަތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަޅާލުމަށް ބަޖެޓު ކަނޑައެޅުމައްވުރެ އެހެންކަންތައްތަކަށް އެކަށައަޅާ ބަޖެޓު އިސްކުރާކަމަށެވެ. އަދި އެފަދައިން ދައުލަތުން ކަންތައްތައް ކުރުމުން ވަރަށް ގިނަ ކުދިންނެއްގެ ޙައްޤު ގެއްލިގެންދާކަމަށްވެސް ވިދާޅުވިއެވެ.
"ދައުލަތުގެ ބަޖެޓުން ނުކުޅުދެދުންތެރިކަން ހުންނަ ކުދިންނަށް ލިބެންޖެހޭ އަސްލު ޙިއްސާ އެކުންދިންނަކަށް ލިބެމަކުން ނުދެ.އެހެންވީމަ އެކަން އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ" އޭނާ ވިދާޅުވި އެވެ.
މިއަދު އާޓީފިޝަލް ބީޗުގައި ސީޑީސީ ގެ ބެލެނިވެރިން ކުރި މުޒާހަރާގައި ގިނަ އަދަދެއްގެ ދަރިންވަރުންގެ ބެލެނިވެރިންވަނީ ބައިވެރިވެ، އެ ދަރިންވަރުންގެ ފަރާތުން އަވަސް ޙައްލުއެކަންތައްތަކަށް ގެނެސްދިނުމައް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ