މެމްބަރު އިލްހާމް ޕީޕީއެމް އަށް ސޮއިކުރައްވައިފި

ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރު އިލްހާމް އަޙުމަދު ވެރިކަންކުރާ ޕީޕީއެމްއަށް މިރޭ ސޮއިކުރައްވައިފިއެވެ.
އިލްހާމް ޕީޕީއެމްއަށް ސޮއިކުރައްވާފައިވަނީ ދެންމެ ދަރުބާރުގޭގައި ކުރިއަށްދާ ޚާއްސަ ރަސްމިޔާތުގައެވެ.
އިލްޙާމަކީ މިސަރުކާރަށް ތާޢީދުކުރައްވައި، އެއްބާރުލުން ދެއްވަމުންދާ ބޭފުޅެކެވެ.
އިލްހާމަކީ ރައީސް މައުމޫނު ފުރަތަމަ އުފެއްދެވި ސިޔާސީ ޕާޓީ ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް ބޭފުޅެކެވެ. ޑީއާރުވީ ދެބައިވެ ޕީޕީއެމް އުފެއްދުމަށް އެންމެފުރަތަމަ މަސައްކަތްކުރެއްވި ބޭފުޅުންގެތެރޭގައި ވެސް އިލްހާމް ހިމެނިވަޑައިގަންނަވައެވެ. އަދި 2013 ވަނަ އަހަރު، ބޭއްވި ޕީޕީއެމްގެ ފުރަމަތަމަ ގައުމީ ޖަލްސާގައި އެޕާޓީގެ ނައިބު ރައީސްކަމަށް އިލްޙާމްނަވީ އިންތިޚާބުވިއެވެ. އެހެންނަމަވެސް އެނާވަނީ އެއަހަރުގެ ރިޔާސީ އިންތިޚާބުގެކުރިން ޕީޕީއެމްއިންވަކިވެ ޖުމްހޫރީޕާޓީއާ ގުޅިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ