ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު ކަމުން އުމަރު ނަސީރު ވަކި ކުރަން ނިންމި ނިންމުން ގަބޫލެއް ނުކުރަން: މައުމޫން

17:05ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު ޕާޓީން ވަކި ކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން މިއަދު ނިންމި ނިންމުން ގަބޫލުފުޅު ނުރައްވާ ކަމަށާއި އުމަރު ނަސީރަކީ އަދިވެސް ޑީއާރްޕީގެ ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު ކަމަށް ގަބޫލު ފުޅު ކުރައްވާ ކަމަށް ޑީއާރްޕީގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.އުމަރު ނަސީރު ޕާޓީން ވަކި ކުރުމަށް ޑީއާރްޕީން ނިންމި ނިންމުމާ ގުޅިގެން ޒައީ މައުމޫނު ރާއްޖޭން ބޭރުގައި ހުންނަވައި އެ މަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު މެދުވެރިކުރައްވައި މިއަދު ހަވީރު  ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ "ޑީއާރްޕީގެ ޑިސިޕްލިނަރީ ކޮމެޓީން މިއަދު ނިންމެވި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އެމަނިކުފާނު ގަބޫލުފުޅު ނުކުރައްވާ" ކަމަށެވެ."ޒައީމް ގަބޫލުފުޅު ކުރައްވާ ގޮތުގައި ޑިސިޕްލިނަރީ ކޮމެޓީއަކަށް ޕާޓީގެ ޑިޕިއުޓީ ލީޑަރަކު ޕާޓީން ވަކި ކުރުމުގެ ހައްގެއް ނޯންނާނެ. އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި ކޮމެޓީން މިއަދު ނިންމެވި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން.،" ޒައީމްގެ ފަރާތްޕުޅުން ވާހަކަފުޅު ދެއްކެވި ޔުމްނާ މައުމޫން ވިދާޅުވި އެވެ. "އަދި ޒައީމް ގަބޫލުފުޅު ކުރައްވަނީ އުމަރު ނަސީރަކީ އަދިވެސް ދިވެހި ރައްޔިތުންގެ ޕާޓީގެ ޑިޕިއުޓީ ލީޑަރު ކަމަށް،"ޑިސިޕްލިނަރީ ކޮމެޓީގައި ހިމެނިވަޑައިގެނެވި އަބްދުﷲ ލަތީފާއި ޝާހު އިސްމާއީލާއި އަހުމަދު ޝަރީފާއި އަހުމަދު ނިޔާޒް ކޮމެޓީގައި މިއަދު އަމަލު ކުރެއްވީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ޒައީމް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ޔުމްނާ ވިދާޅުވި އެވެ.އުމަރު ޕާޓީން ވަކި ކުރުމަށް ނިންމާފައި ވަނީ ކޮމެޓީގައި އެ ހަތަރު ބޭފުޅުން ވޯޓު ދެއްވައިގެނެވެ. ވޯޓު ނުދެއްވަނީ މުހައްމަދު ނަދީމެވެ"އަދި ޒައީމް ގޮވާލައްވާ ޕާޓީގެ ކައުންސިލަށާއި ޕާޓީގެ ލީޑަރަށާއި ޕާޓީގެ އެންމެހާ ގުނަވަންތަކަށް އަސާސީ ގަވައިދާ އެއް ގޮތަށް އަމަލު ކުރުމަށް އަދި ޕާޓީގެ އެންމެހާ އާންމު މެންބަރުންނަށާއި ޕާޓީގެ ހުރިހާ އެކްޓިވިސްޓުންނަށާއި ހުރިހާ އެންމެން ޕާޓީގެ އެއްބައިވަންތަކަށް ދަމަހައްޓައި ކުރިޔަށް އޮތް ކައުންސިލް އިންތިހާބަށް އަޒުމާއެކު މަސައްކަތްކޮށް އިންތިހާބު ކާމިޔާބު ކުރުމަށް،" މައުމޫން ހުންނަވާ އަލިވާގޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ޒައީމް މައުމޫނުގެ ފަރާތްޕުޅުން ޔުމްނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ