ދާއިރާގެ ރައްޔިތުންގެ އުންމީދު ފުރިހަމަ ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން – ސުޖާއު

ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންނަށް އެދާއިރާގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ އިބްރާހިމް ސުޖާއު ދެއްވައިފި އެވެ.
ސުޖާއު މިހެން ވިދާޅުވީ އޭނާގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ގަލޮޅު ސަހަރާ ކުރިމަތީގައި އޮންނަ ގޯޅިގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. މި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
"އަޅުގަނޑު އިރާދަކުރެއްވިއްޔާ ދާއިރާގެ ހުރިހާ ރައްޔިތުންގެ އުންމީދު ފުރިހަމަ ގޮތުގައި ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." ވަރަށް ފޯރިއާއިއެކު ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަލްސާގައި ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވީ ވެށި ފަހީގެ ތެރެއިން އިންސާފު ގެއްލިފައިވާ އެންމެންގެ އިންސާފު ހޯދުމަށްޓަކައި މަސައްކަތްކުރާނެ ކަމަށެވެ.
އަދި އެންމެންނަށް ގޯތި ލިބޭނެ ފަދަ ގޮތަކަށް މަސައްކަތް ބަހައްޓާނެ ކަމަށާއި ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ސުޖާއު މިރޭ ވިދާޅުވި އެވެ.
ސުޖާއުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްދެއްވީ ރައީސް ނަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ