ވައްކަން އިންތިހާއަށް ގިނަވެއްޖެ، ބަޖެޓުގެ ބޮޑު ބައެއްވެސް ބަހާލީ – މެމްބަރު އާދަމް ޝަރީފް

2019 ވަނަ އަހަރު ނިމިގެންދިޔައީ ރައްޔިތުންގެ އުއްމީދުތަކާއި ދިމާއިދިކޮޅަށް ކަންކަން ހިނގައިގެންކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
 
އާ އަހަރާއި ދިމާކޮށް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މެމްބަރު އާދަމް ޝަރީފްވަނީ މިމޭރުމުން ވިދާޅުވި ބައެއް ސަބަބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ވައްކަންވެސް އިންތިހާއަށް ގިނަވެއްޖެކަމަށާއި ބަޖެޓުގެ ބޮޑުބައެއްވެސް ވަނީ ބަހާލާފައެވެ.
 
މީގެ އިތުރުން 2019 އަހަރު ނިމުނު އިރު ކުރީގެ ރައީސް ޔާމީން އޮންނެވީ ނުހައްޤުން ޖަލަށްލެވިފައިކަމަށާއި ކޮންމެ އިންތިހާބެއް އަންނައިރު އިދިކޮޅު ލީޑަރު އޮންނަވަނީ ހުރަގޭގައިކަމަށްވެސް މެމްބަރު އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ. މެމްބަރު އާދަމް ޝަރީފް މިހެންވިދާޅުވެފައިމިވަނީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ދުވަސްވަރުވެސް ރައީސް ޔާމީން ޖަލުގައި އޮތްއޮތުމަށް އިޝާރަތްކުރައްވައެވެ.
 
މީގެ އިތުރުންވެސް މިހާރުގެ ސަރުކާރުގެ އެކިކަންކަމަށްވެސް އެ ޕޯސްޓުގައި އާދަމް ޝަރީފް ފާޑުވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ