ޑީކޯވެ ހާލުދެރަވި މީހަކު ހެލިކޮޕްޓަރުގައި މާލެ ގެނެސްފި

ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވެ ހާލުދެރަވެ، ގދ. ތިނަދޫ އިން ފަރުވާދެމުންދިޔަ މީހަކު، ސިއްހީ އިތުރު ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި، މިއަދު މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނީ، އިއްޔެ ޑައިވްކުރަން އުޅުމުގެ ތެރޭގައި ޑިކޯވި އުމުރުން 35 އަހަރުގެ ފިރިހެން އެމީހާ މާލެ ގެނައީ އޭނާ އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުން މިއަދު ލަފާދެއްވުމުން ކަމަށެވެ.
އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު މިއަދު 3:35 ހާއިރު އޭނާ މާލެ ގެނެސް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ