ޝިޔާމްގެ ސުވާލެއް ގާޟީ އަލީ ރަޝީދަށް: އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯފަށް ލިބުނުކަން އެނގުނީ ކިހިނެއް؟

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ނުހައްގުން ކޮށްފައިވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމުގައި އެސްއޯއެފްގެ މުއާމަލާތްތަކަކީ ސައްހަ ނޫން މުއާމަލާތްތަކެއްކަން ކަނޑައަޅާފައި އޮތުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.ޗެނަލް 13 ގެ ނުހައްގުން ޖަލުގައި ކަވަރޭޖުގައި ވަހާކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކިޔާ ކުންފުނިނިން ސައްހަ މުއާމަލާތް ހިނގާފައިވާ ކަމަށް މީގެ ކުރިން ސިވިލް ކޯޓުން ކަނޑައަޅާފައި އޮތް ކަމަށެވެ. އޭނާ ވަނީ އެއީ އެހެން މައްސަލައެއްކަން ފާހަގަކުރައްވާ އެ މުއާމަަލާތަކީ ސައްހަ މުއާމަލާތެއްކަން ހާމަކުރައްވާފައެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ހުކުމުގައި އެސްއޯއެފްގައި ހުރީ އެމްއެމްޕީއާރުސީގެ ފައިސާކަމަށް ބުނެފައި އޮތުމުން އެކަމާގުޅޭ ތަހުގީގެއް އެއްވެސް އިދާރާއަކުން ހިންގުނުތޯއާއި އަދި އެއީ އެމްއެމްޕީއާރުސީގެ ފައިސާކަން ކަނޑައެޅީ ކޮން ކޯޓަކުން ކޮން ގޮތަކަށްތޯ ޝިޔާމް ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ވަނީ ރައީސް ޔާމީނަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަލީ ރަޝީދު އެގޮތަށް ނިންމެވީ ކޮން މައުލޫމާތުތަކަށް ބިނާކޮށްތޯ ނުވަތަ ކޮން ތަހުގީގަކަށް ބިނާކޮށްތޯ ރައްޔިތުން މިއަދު އެނގެން ބޭނުންވާކަމަށް ވިދާޅުވެފައެވެ."ޕްރޮސެކިއުޓަރ ޖެނެރަލް އެބަޖެހޭ މިކަންތައް ވަރަށް ރަނގަޅަށް ބައްލަވަން. ޕީޖީ އެބަ ޖެހިވަޑައިގަންނަވާ މި މައްސަލަ ވަރަށް ޚާއްސަކޮށް.... މި މައްސަލަ ޚާއްސަވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައި ހުންނެވި ބޭފުޅެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ. ޕީޖީ ޖެހޭނެ ރައީސް ޔާމީނާއި ދޭތެރޭގައި ކަންތައް ވެފައިހުރިގޮތް ވަރަށް ރަނގަޅަށް ބައްލަވަން". ޝިޔާމް ވިދާޅުވިއެވެ.ރައީސް ޔާމީންގެ ހުކުމް މިހާރު އިސްތިއުނާފް ކޮށްފައިވާއިރު އިސްތިއުނާފް އަޑުއެހުން އަދިވެސް ހައިކޯޓުން ތާވަލުކޮށްފައެއް ނުވެއެވެ. އެމްޑީޕީ ތަމްސީލް ކުރާ މިނިވަން މުއައްސަސާއެއްކަމަށްވާ ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް މަގާމުން އެކަހެރިކޮށް އެ ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ގާޟީ އަލީ ރަޝީދު އައްޔަން ކުރުމަށްފަހު ރައީސް ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުގައި ބުނެފައިވަނީ އެސްއޯއެފް އިން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ކަމަށާއި އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާކަމަށް ބެލެވޭކަމަށާއި އެކަން ތަހުގީގުކުރަމުންދާކަމަށާއި، އެންމެ ރަނގަޅުގޮތަކީ އެފައިސާ ދައުލަތާއި ހަވާލުކުރުން ކަމަށް 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު ރައީސް ޔާމީނަށް އޭސީސީއިން ސިޓީއަކުން އަންގާފައިވާކަން އެނގޭ ކަމަށެވެ.އެހެން ނަމަވެސް ހުކުމުގައި ބަޔާންކޮށްފައިވާ އޭސީސީގެ ސިޓީ 123-C4/MIS/2018/76 ގައި އެއްވެސް މިންވަރަކަށް އެފަދަ އެންގުމެއް އަންގާފައިނުވެއެވެ. އަދި އެއީ ކޮރަޕްޝަންގެ ފައިސާ ކަމަށް ނުވަތަ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށްވެސް އެ ސިޓީގައި ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ