ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ ޕީޕީއެމްއަށް ބޭނުންވާ ކަމަށާއި އެ ގޮނޑި ނުލިބިއްޖެ ނަމަ އެކަމާ ހިތާމަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމިން މިހެން ވިދާޅުވީ އެމްނކިފާނު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމިން ވިދާޅުވީ ރާއްޖޭގެ އުތުރުން ދެކުނަށް ބެލި ކަމުގައިވީނަމަވެސް އެންމެ ގިނަ ރައްޔިތުން ވޯޓު ދެއްވާފައި ވަނީ ތަރައްގީގެ ފިކުރަށް ކަމަށާއި އަދި އެއީ މިސަރުކާރަށް ކަމަށެވެ.
ރ. އަތޮޅަކީ ސަރުކާރަށް ތާއީދު ކުރާ ގިނަ ރައްޔިތުންތަކެއް ދިރިއުޅެމުން ގެންދާ އަތޮޅެއްކަމަށް ފާހަގަ ކުރައްވާ ރައީސް ޔާމިން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ ގޮނޑި ޕީޕީއެމް އަށް ބޭނުންވާ ކަމަށާއި އިންތިހާބު ކާމިޔާބު ނުކުރެވިއްޖެ ނަމަ އެކަމާ ވަރަށް ބޮޑަށް ހިތާމަ ކުރައްވާނެ ކަމަށެވެ. އެހެން ކަމުން އަންނަ ބައި އިލެކިްޝަނުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ.
މަޑުއްވަރީ ދައިރާގެ މެމްބަރު ކަމުގައި މިހާރު ހުންނެވި މުހައްމަދު އަމީތަށް އަމާޒު ކުރައްވާ ރައީސް ޔާމިން ވިދާޅުވީ ޕީޕީއެމް ޓިކެޓުގައި ނިކުތް އަމީތަށް ގޮނޑި ލިބިވަޑައިގަތީ ޕީޕީއެމްގެ މެނިފެސްޓޯ މަޑުއްވަރީ ދާއިރާގެ ރައްޔިތުންނަށް ދެއްކެވުމުން ކަމަށެވެ. ނަމަވެސް، އަމީތު ޕީޕީއެމްގެ ފިކުރު ދޫކުރައްވާ "ކޮޅުފައިން ޖަހާފައި" ރައްޔިތުންނަށް ފުރަގަސް ދެއްވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ މަޖިލީހުގައި ތިއްބެވި ޕާޓީގެ މެންބަރުން ކަހާލައިގެން "ލޭނު ދަލެއްގައި މަސް ގެންދާ އުސޫލުން" ގެންދިޔުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އެކަން ކުރެއްވި މެންބަރުން ލަދުވެތިވެ ރައްޔިތުންގެ ކުރިމައްޗައް ވަޑައިގެން މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
މަޑުއްވަރީ ދާއިރާގެ ގޮނޑި ނުލިބިއްޖެ ނަމަ އިންތިހާއަށް ހިތާމަކުރާނަން: ރައީސް ޔާމިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ