މީހުނަށް ކުރެވިފައިވާ ފާފަތަށް ޖަސޫސްކޮށް ހޯދާ ބޭޒާރު ކުރުމަކީ ހުދު ތިބާއަށް ކުރެވޭ ފާފައެކެވެ. އެކަން ކުރުމަކީ ތިބާ ރަނގަޅު ދީންވެރި މީހަކަށް ވާކަމެއްކަމަށް ހިތާ އެކަން ނުކުރާށެވެ.
ތިބާއަށް މީހަކު ފާފައެއް ކުރާތަން ފެނުނަސް ޖެހޭނީ އެކަން ފަޅާ އަރުވާ ނުލާ ސިއްރުކުރާށެވެ. އެހެނީ އެފާފަކުރި ފަރާތަށް އެ ކުރިފާފައަށް ތަޢުބާވުމުގެ ފުރުސަތު ދޭށެވެ.
މާތް ނަބިއްޔާ ކުރައްވަވާފައިވާ ހަދީސެއްގެ މާނާގައި ވެއެވެ.
“ ދުނިޔޭގައި އޭނާގެ މުސްލިމް އަޅާ ރަދުދާ ކޮށްފިމީހާ، މާތް ﷲ ދުނިޔެއާއި އާޚިރަތުގައި ވެސް ފަރުދާކޮށްދޭއްވާނެއެވެ“. ( އަބޫދާއޫދު 4377)
މާތްވެގެންވާ އިސްލާމްދީނުގައި މީސްމީހުންގެ ގެއަކީ ހުރުމަތްތެރިވެގެންވާ ތަންތަނެވެ. ވީމާ އެތަންތާގެ ތެރޭގައި ހިނގާ ކަންތައްތައް ހޯދާބަލާ ހެދުމަކީ ހުއްދަކަމެއް ނޫނެވެ. އެގޮތުން ސިއްރުން ކަންކަން ބެލުމާއި ވީޑިއޯ ކޮށް ރެކޯޑް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
ވިސްނާށެވެ. ކޮންމެ އާދަމުގެ ދަރިއަކަށްވެސް ފާފަކުރެވޭނެއެވެ. މާތް ﷲ އިންސާނުން ދުނިޔެއަށް ފޮނުއްވަވާފައިވަނީ ފާފަކުރުމުގެ އިޚްތިޔާރުވެސް ލައްވަވާފައެވެ. އާދަމުގެ ދަރިންނަށް މާތް ﷲ ދެ މަގެއް ޢިޚްތިޔާރަށް ދެއްވެވިއިރު، އޭގެތެރެއިން އެއް މަގަކީ ނުބައި ފާފައިގެ މަގެވެ. އިންސާނުންނަށް ފާފައިގެ މަގު އިޚްތިޔާރަށް ދެއްވަވާފައިވަނީ މާތް ﷲ އަށް އީމާންވެ ތަޤުވާވެރިން ދެނެގަތުމަށެވެ. އެގޮތުން ފާފަތަކަށް އަރައިގަނެ ގޯސްމަގު ޚިޔާރުކުރާ ފަރާތްތަކަށް މާތް ﷲ އަންގަވާފައިވަނީ ކުރެވުނު ފާފަތަކަށް ވީހާވެސް އަވަހަކަށް ތަޢުބާވުމަށެވެ.
އެހެން ކަމުން ތިބާ ކުރެވުނު ފާފަތަކަށް ތަޢުބާވުމަށްފަހު އެފާފަތަކަށް އަލުން އަރައިނުގަންނާށެވެ. އަދި އެ ފާފައިގެ ވާހަކަތަށް އެހެން މީހުންގެ ގާތު ނުދައްކާށެވެ. ނަމަވެސް ބައެއް މީހުން ތިމާ އަކީ މާ މޮޅު މީހެއްކަމުގައި ހެދެން ކުރެވިފައިވާ ފާފައިގެ ވާހަކަ ތަށް އެހެންމީހުންގެ ގާތު ކިޔާ ހަދައެވެ. މިއީ ވެސް ކުރެވޭ ބޮޑު ފާފައެކެވެ.
މާތް ﷲ ވަޙީކުރައްވަވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.
“ އެކަލާންގެ އަޅުތަކުންގެ ކިބައިން ތަޢުބާ ޤަބޫލުކުރައްވައި ކުއްތައް އަފޫކުރައްވަނީ ހަމަ އެކަލާންގެ އެވެ. އަދި ތިޔަބައި މީހުން ކުރާ ކުއްތައް އެކަލާންގެ ދެނެވޮޑިގެންވެއެވެ“.
މީހުނަށް ކުރެވިފައިވާ ފާފަތަށް ހޯދާ ބޭޒާރު ކުރުމަކީ ހުދު ތިބާއަށް ކުރެވޭ ބޮޑު ފާފައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ