މޮބައިލް ގޭމް ކުޅުންތެރިންގެ ބޭނުންތަކަށް ވިސްނައި، ރާއްޖެއާއި ރާއްޖޭން ބޭރުގައިވެސް މަގްބޫލުކަން ހޯދާފައިވާ ޕަބްޖީ ކުޅުމަށް ހާއްސަ ޑޭޓާ ޕެކްތަކެއް އުރީދޫ މޯލްޑިވްސްއިން ތައާރަފްކޮށްފި އެވެ.
އުރީދޫއިން ބުނީ ޕަބްޖީ ކުޅުންތެރިންނަށް އެންމެ އުފާވެރި ޚަބަރަކަށް ވެގެންދާނީ، އެންމެ 250 ރުފިޔާއަށް ލިބިގެންދާ ޕަބްޖީ އަންލިމިޓެޑް ޕެކް ކަަމަށެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ޕަބްޖީ އަކީ ރާއްޖޭގައި އެންމެ މަޤުބޫލުކަން ހޯދާފައިވާ އެއް ގޭމު ކަމަށާ މި ގޭމު ކުޅުމުގައި، އާއިލާ އާއި ރައްޓެހިންނާއި އެކު ގިނަ ވަގުތުތަކެއް ކަސްޓަމަރުން ހޭދަކުރަމުންދާ ކަމަށެވެ. އަދި އުރީދޫގެ 4ޖީ ޕްލަސް ނެޓްވަރކް ބޭނުންކުރައްވާ ކަސްޓަމަރުންނަށް، ޑޭޓާ ބޭނުންކުރާގޮތް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ޕަބްޖީ ޕެކްތައް އެހީތެރިވެ، އެކުވެރިންނާއި އެކު ބޭނުން ވަގުތަކު ޕަބްޖީ ކުޅުމަށް ފަސޭހަވާނެ ކަމަށް ވެސް ނަޖީބް ހާން ވިދާޅުވި އެވެ.
ޕަބްޖީ އަށް ހާއްސަ ޑޭޓާ އެލަވަންސްތަކާއި އެކު، އުރީދޫ އިން ވަނީ ތިން ޑޭޓާ ޕެކޭޖެއް ތައާރަފްކޮށްފައެވެ. އޭގެތެރޭގައި ޕަބްޖީ 50 އަށް 50 ރުފިޔާގެ އެލަވަންސެއް ދައްކަން ޖެހެއެވެ. މި ޕެކޭޖްގެ މުއްދަތަކީ 7 ދުވަހެވެ. މި ޕެކޭޖް މެދުވެރިކޮށް 1 ޖީބީ ހިލޭ ޑޭޓާ ލިބެއެވެ. ޕަބްޖީ 100 އަށް 100 ރުފިޔާގެ އެލަވަންސެއް ދައްކަންޖެހެއެވެ. މި ޕެކޭޖުގެ މުއްދަތަކީ 30 ދުވަހެވެ. ޕެކޭޖް މެދުވެރިކޮށް 2 ޖީބީ ހިލޭ ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އަދި 250 ރުފިޔާގެ އެލަވަންސެއް ދައްކަންޖެހޭ ޕަބްޖީ އަންލިމިޓެޑް ޕެކޭޖުގެ މުއްދަތަކީ 30 ދުވަހެވެ. މި ޕެކޭޖުން އަންލިމިޓެޑް ޑޭޓާ ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫގެ ޕަބްޖީ ޕެކްތަކާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ޒިޔާރަތް ކުރުމުން ލިބޭއިރު، އެކުން ފުނިން ބުނީ، އަބަދުވެސް މަސައްކަތްކުރަމުންދާނީ، ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ޚިދުމަތްތަކާއި ޓެކްނޮލޮޖީތަކާއި ގުޅުވާލަދީ، އެބޭފުޅުންގެ ޑިޖިޓަލް ޙަޔާތަށް އިތުރު ފުރިހަމަކަމާއި ފާގަތިކަން މަގުފަހިކޮށްދިނުމަށް ކަަމަށެވެ.
ޕަބްޖީ ކުޅުންތެރިންނަށް ހާއްސަ ހަދިޔާއެއް އުރީދޫއިން ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ