ގާސިމް މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް އެމްޑީޕީ ތެރޭގައި މަޝްވަރާ ކުރާނަން: ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގެނައުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރައްވާނެ ކަމަށް އެ ޕާޓީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
~
ނަޝީދު މިހެން ވިދާޅުވީ މ. މާފަންނުވިލާގައި ގާސިމާ ބައްދަލުކުރެއްވުމަށް ފަހު ބޭރަށް ނުކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ނަޝީދު ވިދާޅުވީ ގާސިމާ މަޝްވަރާ ކުރައްވަނީ ވަކި ކަމެއް ޝަރުތުކޮށްގެން ނޫން ކަމަށާއި މަޝްވަރާ ކުރައްވަނީ ދައުލަތުގެ ބާރުތައް ވަކިކުރުމަށް ކަމަށެވެ.އޭޕްރީލް 28، 2014: ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި މ. މާފަންނުވިލާގައި ބައްދަލުކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ
އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހިމް ގެންނެވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން ތާއިދު ކުރައްވާ ކަމަށާއި އެމަނިކުފާނަށް ތާއިދު ކުރުމާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމެޓީގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަކި ޝަރުތުތަކަކާ ލައިގެން ނޫން މަޝްވަރާ ކުރަނީކީ. ގާސިމާ ވާހަކަ ދައްކަމުން މި އަންނަނީ އެކުވެރިކަމާއެކީގައި ޝަރުތުތަކެއް ލައިގެން، އެ ބާވަތުގެ ގޮތެއްގައެއް ނޫން،" ދެ ގަޑިއިރުގެ މަޝްވަރާއަށް ފަހު މާފަންނުވިލާ އިން ނުކުމެވަޑައިގެން ނަޝީދު ވިދާޅުވި އެވެ.އޭޕްރީލް 28، 2014: ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި މ. މާފަންނުވިލާގައި ބައްދަލުކުރުން -- ސަން ފޮޓޯ: ފަޔާޒު މޫސާ
ނަޝީދު މާފަންނުވިލާ އަށް ވަޑައިގެން ގާސިމް އިބްރާހިމާ ބައްދަލު ކުރެއްވުމުން ކޯލިޝަން ތެރޭގައި މައްސަލައެއް ޖެހިދާނެތޯ ސުވާލު ކުރެއްވުމުން ގާސިމް ވިދާޅުވީ "ރައްޓެހިން އެކަކު އެނެކަކާ ބައްދަލު ކުރާނެ" ކަމަށާއި "ކޯލިޝަންގެ ތެރޭގައި މައްސަލަ ޖެހުމާއި ނުޖެހުން އެއީ އެހެން ކަމެއް" ކަމަށެވެ.
"އަަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެކަކު އަނެކަކާ ބައްދަލު ކުރަންޖެހޭނެ. އަޅުގަނޑުމެން މިތިބީ ބަނޑު މުސާރައަކަށް ބައްދައިގެން ގައުމުގައި ބޮޑު ހަނގުރާމައެއް އިއުލާން ކުރާކަން ނޫން. މި ކުރާ ކަމަކީ އެކުވެރިކަމާއެކީގައި ގައުމުގެ މަސްލަހަތު ކުރިއަށް އޮންނާނެ ގޮތެއް ބައްޓަންކޮށްގެން މަސައްކަތް ކުރުން،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ